ads
އުނގޫފާރު
އުނގޫފާރަށް ޑްރަގް ގެންދަން އުޅުނު މީހަކު އުމުރަށް ޖަލަށް
ރ. އުނގޫފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު 200،000 ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ. 200،000 ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލާން ހުކުމް ކުރި މީހަކީ، ގދ. ދެއްވަދޫ ނޫމުތި އަޒުވަދު މުހައްމަދެވެ.

މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު އެމްއެމްއޭ ކުރިމަތިން، ސީވިއު ސްޕީޑް ކިޔާ ލޯންޗެއްގައި ރ. އުނގޫފާރަށް މަސްތުވާތަކެތި ގެންދަން އުޅުނު މައްސަލައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އަޒުވަދު އުމުރަށް ޖަލަށް ލުމާއި އެކު 200،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކުރި ކަމަށެވެ. ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ދައްކަންވެސް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އަޒުވަދާ ދެކޮޅަށް ދައުވާކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު ހެނދުނު، ލ. ގަން ތުނޑި އަމްސާ ޕެލަސް ޢަބްދުﷲ ސައީދު، އެމްއެމްއޭ ކުރިމަތިން ސީވިއު ސްޕީޑް ލޯންޗުގައި އުނގޫފާރަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ސީވިއު ސްޕީޑް ލޯންޗުގައި އިން ޢަބްދުﷲ ސައީދުގެ ޖިންސުގެ ޖީބުން މަސްތުވާތަކެތި ފެނި އެކަމާ ސުވާލު ކުރުމުން އެއީ ރ. އުނގޫފާރަށް ފޮނުވުމަށް އަޒުވަދު މުހައްމަދު ހަވާލު ކުރި އެއްޗެއް ކަމަށް ބުނެފައިވާތީ އަދި އެކަމަށް އަޒުވަދު އިއުތިރާފުވެފައިވާތީއެވެ.

މި މައްސަލައިގައި މިއަދު ހުކުމް ކުރި އަޒުވަދަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި އުމުރަށް ޖަލަށް ލާން މިއަދު ހުކުމް ކުރި އަޒްވަދާ ދެކޮޅަށް ޖިނާއީ އެހެން މައްސަލައެއްވެސް ކޯޓުގައި ހިނގާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް