ads
ވިއަވަތި ކޮންފަރެންސްގެ ތެރެއިން
ވިއަވަތި ކޮންފަރެންސް އަންނަ ހަފްތާގައި ލ. އަތޮޅުގައި
250 އަށްވުރެ ގިނަ ބައިވެރިންނާއެކު ވިއަވަތި ރާއްޖެ ކޮންފަރެންސް އަންނަ ހަފްތާގައި ލ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ. ވިއަވަތި ކޮންފަރެންސް އޮންނާނީ ލ. އަތޮޅު ގަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިއަވަތި ކޮންފަރެންސް ބާއްވާނީ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިސްވެރިންގެ އިތުރުން މިނިސްޓަރުންނާއި ސަރުކާރު އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިންނާއެކުއެވެ. މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނީ ދެކުނުގެ 7 އަތޮޅުންނެވެ. އެއީ ދ، ރ، ލ، ގއ، ގދގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އެވެ.

އެންމެ ފަހުން ބޭއްވި ވިއަވަތި ކޮންފަރެންސް ނިންމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުގައި ލަމަރުކަޒީ ގާނޫނުން ރައްޔިތުންނަށް މުހިއްމު ބާރުތަކެއް ދޫކޮށްލެވުނުކަން ފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނު އަޅުގަނޑުމެން އުފަންކުރީ ވަރަށް މުހިންމު ބޭނުމަކު. ޙަޤީޤަތުގައިވެސް ބާރުތައް ދޫކޮށްލައި، ރައްޔިތުންނާ ވީހާގާތުން ޚިދުމަތް ކުރުން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް ފަސޭހައިން ދެވޭނީ، އަވަހަށް ދެވޭނީ، ރަށުގައި ތިބި ރައްޔިތުންނާ ކައިރީގައި ތިބި ބަޔަކަށް. ޤާނޫނު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށިތާ އެއް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިތަނަށް މިއާދެވުނީ. މައްސަލަތައް އެބަހުރި. ހިންގުމުގައި ހުރި ޤާނޫނީ މައްސަލަތައް އެބަ ކުރިމަތިވޭ. މާލީ އިޝޫތައް އެބަހުރި. އަދި ޚާއްޞަކޮށް، ޑަބްލިޔޫ.ޑީ.ސީ. ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާއި އުނދަގޫތައްވެސް ފާހަގަކުރެވިގެން ހިނގައްޖެ.

މި ފަހަރުގެ ކޮންފަރެންސްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ހަތަރު ދާއިރާއަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ. ކޮންފަރެންސްގެ ހަވާސާގައި ކުޅުވަރު ފެސްޓިވަލެއްވެސް އޮންނާނެއެވެ.

ވިއަވަތި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މެއި މަހު އއ. އުކުޅަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް