ރައީސް ސޯލިހުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ، އެކަމަނާ އަވަހާރާވި އަޑުއެހީ ފުން ހިތާމަޔާއި އެކުގައި ކަމަށާއި، ރާނީ އެލްޒަބަތަކީ އެކަމަނާގެ ގައުމާއި، ރައްޔިތުންނަށް ވަފާތެރިވުމުގަޔާއި، އިންސާނިއްޔަތައް ވެސް ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށެވެ.
އިނގިރޭސި ރަސްކަމުގެ ތަހުތުގައި 70 އަހަރު އިންނެވުމަށްފަހު، މިރޭ އެކަމާނާ އަވަހާރާވެފައިވަނީ އުމުރުފުޅުން 96 އަހަރުގައެވެ.
އެކަމަނާ އަވަހާރާވުމާއި ގުޅިގެން ޝާހީ އާއިލާއިން ނެރުއްވި ބަޔާނުގަައި ވަނީ ރާނީ އަވަހާރަވުމަކީ މުޅި އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަން ފާހަގަކުރައްވާ އެ ހިތާމަައިގައި މުޅި އިނގިރޭސިވިލާތް ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ.