ads
ގައުމީ އަންހެން ފުޓްބޯޅަ ޓީމު
އަންހެން ސާފް ޗެމްޕިއަންޝިޕް: ރާއްޖެ މިއަދު އިންޑިޔާއާ ދެކޮޅަށް
ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި ދިވެހި އަންހެން ގައުމީ ޓީމާ އިންޑިޔާ މިއަދު ވާދަކުރާނެއެވެ.

އިންޑިޔާއާ ދެކޮޅަށް ދިވެހި އަންހެން ޓީމު މިއަދު ނުކުންނައިރު، ރާއްޖެވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެފައެވެ. އަދި އިންޑިޔާވަނީ އެ މީހުންގެ ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން މޮޅުވެފައެވެ. 

ނޭޕާލުގައި ކުރިއަށްދާ މި މުބާރާތުގައި ސެމީން ފުރުސަތު ހޯދުމަށް ރާއްޖެއަށް އޮތް ހަމައެކަނި މަގަކީ މިއަދު އިންޑިޔާ ބަލިކުރުމެވެ. 

އިންޑިޔާ އަތުން ރާއްޖެއަށް މޮޅު ނުވެވިއްޖެނަމަ ގްރޫޕް ސްޓޭޖުގެ މެޗުގެ ކުރިން ރާއްޖެ ކަޓާނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ޕާކިސްތާނާއެވެ. 

މިއަދު ރާއްޖެއާ އިންޑިޔާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 4:45 ގައެވެ. މި މެޗުގެ ކުރިން ރާއްޖޭގެ ގްރޫޕުގެ އަނެއް މެޗުގައި ޕާކިސްތާނާ ބަންގްލަދޭޝް ކުޅޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް