ads
ކުއީން އެލިޒަބަތު
ރާނީ އަވަހާރަވުމުން "ދަ ކްރައުން"ގެ ޝޫޓިން މެދުކަނޑާލައިފި
ރާނީ އެލިޒަބަތު(ދެވަނަ)، ގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް، ނެޓްފްލިކްސް އިން ދައްކަމުން އަންނަ ބްލޮކްބަސްޓަ ޑްރާމާ ކަމަށްވާ "ދަ ކްރައުން" ގެ ހަވަނަ ސީޒަންގެ ޝޫޓިން، އެކަމަނާ އަވަހާރާވުމާއި ގުޅިގެން މެދުކަނޑާލައިފި އެވެ.

ނެޓްފްލިކްސްއިިން ޔަގީންކޮށްދީފައިވާގޮތުގައި، "ކްރައުން"ގެ ޝޫޓިން ރަސްމީކޮށް މެދުކަނޑާލީ މިމަހުގެ ނުވަވަނަ ދުވަހު އަވަހާރާވީ ރާނީ އެލިޒަބަތަށް އިހްތިރާމުކުރުމުގެ ގޮތުންނެެވެ. 

ރާނީ އަވަހާރާވުމާއި ގުޅިގެން ފާޅުކުރަމުންދާ ހިތާމައިގައި ބައިވެރިވެ، އެކަމަނާއަށް ދޭ އިހުތިރާމެއްގެ ގޮތުން ޝޫޓިން މެދުކަނޑާލާފައިވާއިރު، އެކަމަނައިގެ ޖަނާޒާ ބާއްވާ ދުވަހާއި ހަމަޔަށް ފިލުމުގެ ޝޫޓިންތައް އޮންނާނީ މެދުކަނޑާލާފައެވެ. އަދި ޝޫޓިން އަލުން ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ. 

މިހާރު ޝޫޓުކުރަމުންދާ ހަވަނަ ސީޒަންއަކީ ކްރައުންގެ އެންމެފަހު ސީޒަން އެވެ. އެ ސީޒަންގައި ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ދިރިއުޅުން ގެނެސްދިނުމަށް އޮތީ ނިންމާފައެވެ. 

އަދި ސީޒަން ފަހެއްވެސް މިއަންނަ ނޮވެމްބަރު މަހު ނެޓްފުލިކްސް އަށް އޮތީ އަންނަ ގޮތަށެވެ. ޕޯސްޓު ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް އެ ސީރީޒްގައި މި ސީޒަންގައި ޕްރިންސަސް ޑަޔާނާގެ ފަހުގެ އަހަރުތަކާއި ކުއްލި މަރުގެ ހާދިސާ ގެނެސްދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް