ads
ދިވެހި އަންހެން ޓީމު
އަންހެން ޓީމު ކަޓައިފި
އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި އަންހެން ޓީމުން ރަނގަޅު ނަތީޖާއަކަށް ވާސިލު ނުވެވި ެ މުބާރާތުން ގައުމީ އަންހެން ޓީމް ކަޓައިފިއެވެ.

ދިވެހި އަންހެން ޓީމު މުބާރާތުން ކެޓީ މިއަދު ކުޅުނު މެޗުގައި އިންޑިޔާ އަތުން 9-0 ގެ ބޮޑު ތަފާތަކުން ބަލިވެގެންނެވެ. އަންހެން ޓީމު މުބާރާތުން މި ކެޓީ ބާކީ އެއް މެޗުވެސް އޮއްވައެވެ. އެއީ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ދިވެހި ޓީމަށް މުބާރާތުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ.

ދިވެހި އަންހެން ޓީމު މިއަދު އިންޑިޔާ އަތުން 9-0 ގެ ބޮޑު ތަފާތަކުން ބަލިވިއިރު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 5-0 ންނެވެ. 2 މެޗުގައި ރާއްޖެ ކޮޅަށް 14 ލަނޑު ވަދެފައިވާއިރު އަދި ރާއްޖެއަށް ލަނޑެއް ނުޖެހެއެވެ.

33%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް