ads
މިނީ ބަސް =މަޖީދީމަގުގައި
ދެން އަންނަ ސަރުކާރެއްގައި ބަސްތައް ހުއްޓުވާނަން: ޓެކްސީ އެސޯސިއޭޝަން
މާލޭގައި މިހާ ބޮޑެތި ބަސް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުންނަށް އެންމެ ބޮޑު އުނދަގޫ ކަމަށާއި ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނެ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނެފިއެވެ. ޓެކްސްސީ އެސޯސިއޭޝަނުން މިހެން ވިދާޅުވީ އޮންލައިން ނޫސް އަދަދަށް ދެއްވި އިންޓަވިޔުއެއްގައެވެ.
Advertisement

ޓެކްސީ ޑްރައިވަސް އެސޯސިއޭޝަންގެ ރައީސް ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމާ ހަވާލާދީ އަދަދުން ރިޕޯޓް ކުރީ މިނީ ބަހުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ލިބޭ ދަތުރުތައްވެސް މާ ބޮޑުތަން މަދު ނުވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސްއާ ހަވާލާދީ އަދަދުން ރިޕޯޓް ކުރިއެވެ. އެހެންނަމަވެސް، މީގެ ކުރިންވެސް އެ އެސޯސިއޭޝަނުން ވަނީ މާލޭގެ މަގުތައް ތޮއްޖެހޭނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"އެއްވެސް އިރަކު މާލޭގަ ބަސް ދުއްވާކަށް ގަބޫލެއް ނޫން. ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނަން. މާލޭގަ މިހާ ބޮޑެތި ބަސްތައް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުނަށްވާ އެންމެ ބޮޑު އުނދަގޫ. ހުޅުމާލެ އެއްކޮޅުން ފޭސް 2 އަށް ދާން މި ނަގަނީ 5ރ. މާލެ އެއްކޮޅުން އަނެއްކޮޅަށް މި ނަގަނީ 7ރ. މިވަރު ބޮޑު. އެއް ބަސް ސްޓޮޕުން އަނެއް ބަސް ސްޓޮޕަށް ދާންވެސް 7ރ. ދެން މަގުތަކުގަ ވަރަށް ބާރުބޮޑު. ވަރަށް ބޮޑަށް ތާށިވޭ،"

ދެން އަންނަ ސަރުކާރެއްގައި ބަސް ހިދުމަތް ހުއްޓުވާނެ ކަމަށް ޓެކްސް ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފައިވާއިރު، އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށާއި ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ ލިބޭނެ ތަސައްލީއަކަށް ވެގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

8%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް