އުމުރުން 56 އަހަރުގެ ސައިމަން ޑޮރެންޓޭ-ޑޭ ނަމަކަށް ކިޔާ އެމީހާ، ޗާލްސް އާއި އޭނާގެ އަނބިކަބަލުން ރާނީ(މިހާރުގެ) ކަމެލާ ގޮވައިގެން ކޯޓަށް ދަނީ ޑީއެންއޭ ޓެސްޓުކުރުމަށެވެ.
ޑޮރެންޓޭ-ޑޭ ދައުވާކުރަނީ އޭނާއަކީ ރަސްގެފާނު ޗާލްސް އާއި ރާނީ ކަމެލާގެ ދަރިއެއް ކަމަށެވެ. އެކަން ޔަގީންކުރަން ޑީއެންއޭ ޓެސްޓުކުރަން އޭނާ މަސައްކަތްކުރަމުންދާތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ. މިވާހަކަތައް އަލުން ގަދައަށް ދެކެވެން ފަށާފައިވަނީ ރާނީ އެލިޒަބަތު އަވަހާރާވެ، ރަސްކަން ޗާލްސްއާއި ހަވާލުވުމުން ނެވެ.
އޭނާ ގަބޫލުކުރަނީ އިނގިރޭސިވިލާތުގެ އާ ރަސްގެފާނަކީ އޭނާގެ ބައްޕައަށް ވެދާނެ ކަމަށެވެ.
އޭނާ ގަވާއިދުން އޭނާގެ ފޭސްބުކަށް ޝާހީ އާއިލާގެ ފޮޓޯތަކާއެކު އޭނާ އާއި އޭނާގެ ދަރިންގެ އަޅާކިޔުމުގެ ތަސްވީރުތައް ޕޯސްޓް ކުރެއެވެ. އެފޮޓޯތަކުގައި ހުންނަނީ އެކަކު އަނެކަކާ ވަރަށް ވައްތަރު ފޮޓޯތަކެކެވެ. އޭނާގެ ފޭސްބުކުގައި ނަމަކަށް ޖަހާފައި އިންނަނީވެސް ސައިމަން ޑޮރެންޓޭ-ޑޭ ޗާލްސް އެވެ.
އުމުރުން 56 އަހަރުގެ ޑޮރަންޓޭ-ޑޭ ބުނާގޮތުން، ޗާލްސްއާއި، ކަމެލާއަށް އޭނާ ލިބިފައިވަނީ، 1965 ވަނަ އަހަރު އޮސްޓްރޭލިއާއަށް ކުރި ދަތުރެއްގައި ކަމަށް، އޭނާ އެތައް އަހަރަކުން ދިރާސާކޮށްގެން ހޯދިހޯދުންތަކުން ސާބިތުވެއެވެ.
ޑޮރަންޓޭ-ޑޭ ތުހުމަތުކުރާ ގޮތުގައި އޭނާއަށް އަށް މަސްވަންދެން ކެމިލާ އޭނާ ގެންގުޅުނެވެ. އެއަށްފަހު، އެޑޮޕްޝަނަށް ދޫކޮށްލީއެވެ.
އޭނާ އެޑޮޕްޓުކުރި ދެމަފިރިންނަކީ، ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު(ދެވަނަ) އާއި ފިރިކަލުން ޕްރިންސް ފިލިޕް ގާތުގައި މަސައްކަތްކުރަން އުޅުނު ދެމީހުންކަމަށްވެސް ޑޮރަންޓޭ-ޑޭ ބުނެފައިވެއެވެ.
އަދި ޑޮރަންޓޭ-ޑޭ އަކީ ރާނީ އާއި ޕިލިޕްގެ ކާފަދަރިއެއް ކަމަށް ތަކުރާރުކޮށް އެމީހުން ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.