ads
ނާޒިމް
ކުށަށް އިއުތިރާފުވެ ތައުބާވަން، އެދެނީ ދިވެހިންގެ ކިބައިން މާފު: ނާޒިމް
އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް ތައުބާވެ، ދިވެހީންގެ ކިބައިން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސަައްތާރު މައާފަށް އެދިވަޑައިގެންފި އެވެ.

އޭނާގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގަައި ބުނެފައިވަނީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް  ތައުބާވެ ހިތާމަކުރާކަމަށާއި، ކުށަށް އިއުތިރާފުވަނީ އެކަމުގައި ކުށްވެރިއެއްކަން ގަބޫލުކުރުމުގެ އިތުރުން، އެ ކުށުގެ ވިކްޓިމްއަކަަށްވެސް ވެހުރެ ކަމަށެވެ.

“މި ކުށަށް އަޅުގަނޑު މި އިއުތިރާފުވަނީ، އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށް ވުމުގެ އިތުރުން، އެކަމުގައި އަޅުގަނޑު ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެމައްސަލާގައި އަޅުގަނޑަކީ ވިކްޓިމެއް ކަމުގައި ވާއިރުވެސް މެއެވެ. 

އަދި އަޅުގަނޑު ރާއްޖެއިން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، ކުށަށް އިއުތިރާފުވެ މިކަމުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީ އެވެ. 

އަޅުގަނޑު އެދެނީ ކުށަށް އިއުތިރާފުވެ، ތައުބާވެ، ރައްޔިތުންގެ ކިބައިން މާފެވެ.” ނާޒިމްގެ ބަޔާނުގައި ވެއެވެ.

ނާޒިމުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު ކޯޓުގައި ވެސް އިއުތިރާފުވެފައެވެ. ނަމަވެސް އެދުވަހު ވިދާޅުވީ އެއީ ލިވާތުކުރުން ނޫން ކަމަށެވެ.

ދައުވާގައި ބުނެފައިވަނީ، އެއަމަލު ނާޒިމްއާއި އަލަމްގީރް ހިންގާފައިވަނީ 2021 ވަނަަ އަހަރުގެ ކުރީކޮޅު އަލަމްގީރުގެ ކޮޓަރިތެރޭގައި ކަމަށެވެ.

ނާޒިމަށް ކުރި ދައުވާގައި ސީދާ ލިވާތުކުރި ކަމަށް ނެތްނަމަވެސް، އަލަމްގީރާއިއެކު ހިންގާފަައިވާ އެއްޖިންސުގެ ބަދައަހުލާގީ އެތައް ކަމެއް ވަނީ ތަފްސީލްކޮށްފައެވެ.

އޭނާއަށް ކޮށްފައިވާ ދައުވާގައި އަލަމްގީރާއި ގައިގޯޅިވެ، ”ކިސް ކޮށް” އެނޫންވެސް ގޮތްގޮތުން ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެފައިވެއެވެ.

ހުކުމްކުރުން މި ހަފްތާގައި 

ދައުވާތަކަށް ނާޒިމް އެއްބަސްްވެފައިވާތީ، އޭނާގެ މައްޗަށް މި ހަފްތާގެ ތެރޭގައި ހުކުމް ކުރުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޖިންސީ ކުށުގެ ގާނޫން އެއްޖިންސުން ގުޅުން ހިންގާ މީހާގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް މިމައްސަލާގައި އެތައް ބަޔަކާއިއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ އެތައް ވީޑިއޯތަކެއް ލީކުވެފައިވާއިރު އަލަމްގީރަށްވެސް އިއްވާފައިވަނީ ހަތްމަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލައިދީފައިވެއެވެ.

ބެލެވޭގޮތުގައި އޭނާއަށް އެންމެ ހަތްމަހުގެ ޖަލު ހުކުމެއް އައީ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނު އުގޫބާތުގެ ދަށުން ހުކުމް ކުރުމުން ނެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެ، ތައުބާވެފައިވާތީވެސް ކުށުގެ އަދަބު ލުއިވާނެ އެވެ. 

ނާޒިމަށްވެސް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމުން އޭނާގެ ހުކުމްވެސް ބެލެވެނީ ލުއިވާނެ ކަމަށެވެ.


އެއްޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް އިއުތިރާފުވިއިރު، އަލަމްގީރާއިއެކު ގުޅުންހިންގި ވީޑިއޯ ލީކުވުމުން އެންމެ ފުރަތަމަ ނާޒިމް ވަނީ އެއީ ”އެޑިޓެއް“ ކަމަށް ވިދާޅުވެ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، ވީޑިއޯތައް ބަލާ އެނަލައިޒްކުރިއިރު، އެއީ އެ އެޑިޓެއް ނޫންކަން ކަށަވަރުވާތީއާއި، އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން ސާފުކޮށް ކަށަވަރުކުރެވޭތީ ކަމަށް ބުނެއެވެ.  

މިމައްސަލާގައި އަލަމްގީރާއެކު ގުޅުން ހިންގަނިކޮށް ފެންނަ 200 އަށްވުރެ ގިނަ ދިވެހީންގެ ވީޑިއޯ ހޯދިފައިވެއެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް