މިދިޔަ ބުދަ ދުވަހު އެ ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވަނީ، ހެނދުނު 06:00 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ކަރަންޓު ކެނޑުމަށް މެދުވެރިވީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ނޭނގޭ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކަރަންޓު ކެނޑުނު ވަގުތު ހޮސްޕިޓަލުގެ އައިސީޔޫގައި 14 މީހަކަށް ފަރުވާ ދެމުން ދިޔަ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ. އެ މީހުން މަރުވެފައި ވަނީ، އެމީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި މަރުވެފައި ވަނީ، އުމުރުން 30 އަހަރާއި، 35 އަހަރާއި 55 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 35 އަހަރުގެ މީހާ އަށް ފަރުވާ ދެމުން ދިޔައީ، ހަރުފައެއް ވިހަލުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.
ތިން ގަޑި އިރަށް ވުރެ ގިނަ އިރުވަންދެން ހޮސްޕިޓަލުން ކަރަންޓު ކެނޑިފައި ވާއިރު، އެ ހޮސްޕިޓަލުގައި ހުންނަ ބެކަޕް ޖެނެރޭޓަރު ތަކުގެ އެހީގައި ހަ ގަޑިއިރު ވަންދެން ހޮސްޕިޓަލަށް ބޭނުންވާ ވަރަށް ކަރަންޓު ދެވޭނެ ކަމަށް ހޮސްޕިޓަލު ހުންނަ ބައްލަރީ ޑިސްޓްރިކްޓްގެ މިނިސްޓާ ބީ ސްރިރަމަލު ވަނީ ބުނެފަ އެވެ.
އެހެން ކަމުން މިއީ، ކަރަންޓު ކެނޑުމުގެ ސަބަބުން އެމީހުންނަށް ބޭނުންވާ އޮކްސިޖަން ނުދެވުމުން ހިނގި ހާދިސާއެއް ނޫން ކަމަށް ބުނެ އެ ހޮސްޕިޓަލުގެ މައްސަލަ ބަލަން ފަށާފައި ވާއިރު، އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ ހުރިހާ އެންމެ މިހާރު ވަނީ އެހެން ހޮސްޕިޓަލު ތަކަށް ބަދަލު ކޮށްފަ އެވެ.