ads
މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ އިއްޔެ
ޖީބަށް ނުހަނު ލުއި, ދެން އެކަމެއް ނުހުއްޓުވޭނެ!
ވެރިކަމެއް ފެށިގެން އަދި ވެރިކަމެއް ނިމިގެން އަންނަނީ ވެސް ހަމަ ޔަގީނުންވެސް ރައްޔިތުންގެ ކިބައިންނެވެ.
Advertisement

ގައުމު ހިންގުމުގެ ޒިންމާ ރައްޔިތުން މީހަކާއި ހަވާލު ކުރަނީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، ގިނަ ބަޔަކަށް ފައިދާވާނެ މަސައްކަތްތައް ކުރުމަށެވެ. ހަމައެކަނި ވަކި ބަޔަކު ރުއްސަން ނުވަތަ ވަކި ބަޔަކަށް މަންފާ ވާނެ ކަމެއް ކުރުމަށް ވެރިއަކު ރައްޔިތުން ހަމަ ޔަގީނުންވެސް ނުހޮވާނެ އެވެ. 

ދައްކަން މިއުޅެނީ، ދާދި މިދާކަށް ދުވަހު މާލޭގައި ފެށި މިނީ ބަހުގެ ހިދުމަތުގެ ވާހަކަ އެވެ. މިނީ ބަސް ފެށުމަށް ސަރުކާރުގެ އިދާރާތަކުންނާއި، ކައުންސިލްގެ އިތުރުން ސަރުކާރު ކުންފުނިތަކުން އެއްބަސް ކިޔައިގެން ނިކުމެ އެ ހިދުމަތް ދޭން ފެށުމާއި، އެކު މިއަދު މި ފުރަ މާލޭގެ އެތައް ރައްޔިތުންނެއް ތިބީ، މޫނު މަތިން އުޖާލާކަން ގެނުވައިގެންނެވެ. ރީނދުލެއް، ފިޔާތޮއްޓެއް ކިޔާނެ ކަމެއް ނެތެވެ. އެންމެންވެސް ތިބީ ހިތް ހަމަޖެހިފަ އެވެ. 

އެހެން ނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ހުރިހާ އެންމެން ރުހޭނެ ގޮތަށް ހަމަ އެއްކަމެއް ވެސް ނުކުރެވޭނެ ކަމެވެ. އެހެނީ ބަހުގެ ހިދުމަތް ދޭން ފެށުމާއި، އެކު އެންމެ ފުރަތަމަ ވެސް އަޑުއިވިގެން ދިޔައީ، އެކަމަށް ދަތި ކުރަން ނުވަތަ އެކަމަށް މަގުމަތީ ބަހުން ބުނާ ނަމަ ޖެއްސުން ކުރަން ބަޔަކު ނިކުންނަން ނިންމި ވާހަކަ އެވެ. މީހުން އުފުލަން ބޭނުން ކުރާ ހަތަރު ފުރޮޅުލީ ވެހިކަލްތައް މަޖީދީ މަގާއި، އަމީނީ މަގަށް ނެރެ ދުއްތުރާ ކުރާނެ ވާހަކަ އެވެ. 

އެހެން ނަމަވެސް އެކަމަށް ބެލުމެއް ނެތި ބަހުގެ ހިދުމަތް ދެމުން ދިޔައީ، އުފަލާއި އެކު އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން އުމުރުން ދުވަސްވީ އެތައް ބައެއް މިއަދު މިނީ ބަހުގެ ހިދުމަތް ހޯދަމުން އެ ދަނީ، ޖީބަށް ވެސް ލުއި ވުމުންނެވެ. އެހެން ނޫން ނަމަ މާފަންނުން ހެންވޭރަށް ދާން 30 ރުފިޔާ ހަރަދު ކުރަން ޖެހެ އެވެ. އެހެން ނަމަވެސް މިއަދު މާލެ އިން ހެންވޭރަށް އެންމެ ހަތް ރުފިޔާއަށް ދެވޭ ކަމީ، މާލޭގެ އެތައް ބައެއް މި ހިދުމަތް ހޯދާ އެންމެ ބޮޑު އެއް ބޭނުމެވެ. 

ބަހުގެ ހިދުމަތް މާލޭގައި ފެށުމާއި، އެކު ދެން އިވިގެން ދިޔަ އަނެއް އަޑަކީ، ވެރިކަން ބަދަލުވެއްޖެނަމަ މިނީ ބަހުގެ ހިދުމަތް ހުއްޓުވާނެ ކަމުގެ ވާހަކަ އެވެ. މިހާ ހިސާބުން ހިތުގައި އުފެދޭ ސުވާލަކީ، މިނީ ބަހުގެ ހިދުމަތާއި ވެރިކަމާއި އޮތީ ކޮން ގުޅުމެއް ތޯ އެވެ. ލިއުން ފެށުނު އިރު ބުނިހެން ވެރިކަން ރައްޔިތުން ދެނީ ރައްޔިތުންގެ މަންފާއަށް ކަންކަން ކޮށްދޭނެ މީހަކަށެވެ. 

ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓެކްސީ ޑްރައިވަސް އެސޯސިއޭޝަންގެ ރައީސް  އަބްދުﷲ އިބްރާހިމް ވަނީ މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ހިދުމަތުގެ ސަބަބުން ޓެކްސީ ތަކުގެ އާމްދަނީ އަށް ބަދަލެއް އަންނަކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މިނީ ބަހުގެ ހިދުމަތް ދެން އަންނަ ސަރުކާރެއްގައި ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އެއްވެސް އިރަކު މާލޭގައި ބަސް ދުއްވާކަށް ގަބޫލެއް ނޫން. ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނަން. މާލޭގައި މިހާ ބޮޑެތި ބަސްތައް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުނަށްވާ އެންމެ ބޮޑު އުނދަގޫ. ހުޅުމާލެ އެއްކޮޅުން ފޭސް 2 އަށް ދާން މި ނަގަނީ 5ރ. މާލެ އެއްކޮޅުން އަނެއްކޮޅަށް މި ނަގަނީ 7ރ. މިވަރު ބޮޑު. އެއް ބަސް ސްޓޮޕުން އަނެއް ބަސް ސްޓޮޕަށް ދާންވެސް 7ރ. ދެން މަގުތަކުގަ ވަރަށް ބާރުބޮޑު. ވަރަށް ބޮޑަށް ތާށިވޭ،"

މިނީ ބަހުގެ ހިދުމަތުގެ ސަބަބުން މަގުތައް ބާރުބޮޑުވާ ވާހަކަ ދެއްކުމީ، މިއަދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރަން ދެކޮޅު ވާހަކަ އެކެވެ. ސަބަބަކީ، މީގެ ކުރިން މަޖީދީ މަގަކީ ހަތަރު ފުރޮޅުލީ އުޅަނދަށް އެއްކޮޅަށް ދުއްވޭނެ ގޮތައް ބަދަލު ގެނެސްފައިވާ މަގެއް ކަމުން އެމަގަކީ މީގެ ކުރިން ހަމަ ޔަގީނުންވެސް ބާރު ބޮޑު މަގެކެވެ. އެހެން ނަމަވެސް މިނީ ބަހުގެ ހިދުމަތް ދޭން ފެށުމާއި އެކު މަޖީދީ މަގުގައި ޕާކު ކުރުން މަނާ ކޮށް އެ މަގު އެއްކޮށް ހުޅުވާލި އެވެ. އެ އާ އެކު މިއަދު މަޖީދީ މަގުގައި ފަސޭހަ ކަމާއި އެކު ހުރިހާ ފަރާތްތަކަށް ވެސް ހަމަޖެހިލައިގެން ދުއްވޭނެ އެވެ. 

ދެން ދައްކަން އޮތީ އަގުގެ ވާހަކަ އެވެ. 7 ރުފިޔާ ބޮޑު ކަމަށް ބުނެ އިންޓިވައި ދިން އިރު، ޓެކްސީ އަކަށް އަރައިފިނަމަ 30 ރުފިޔާ ނަގަ އެވެ. އެހެން ކަމުން އަގުގެ ވާހަކަ މިހާ ހިސާބުން ނިންމާލާނަމެވެ

ދެން ދައްކަން އޮތީ އަގުގެ ވާހަކަ އެވެ. 7 ރުފިޔާ ބޮޑު ކަމަށް ބުނެ އިންޓިވައި ދިން އިރު، ޓެކްސީ އަކަށް އަރައިފިނަމަ 30 ރުފިޔާ ނަގަ އެވެ. އެހެން ކަމުން އަގުގެ ވާހަކަ މިހާ ހިސާބުން ނިންމާލާނަމެވެ

ޔަގީންވާ އެއް ކަމަކީ، ރައްޔިތުން އެ ހިދުމަތަކަށް ބޭނުންޖެހިފައި ތިއްބާ އެ ހިދުމަތެއް ދޭން ސަރުކާރުން ފެށުމުން، ދެން އަންނަ ވެރިކަމެއްގައި ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖަހާ އެ ހިދުމަތް ހުއްޓުވަން ސަރުކާރުން ފަސްޖެހޭނެ ކަމެވެ. އެހެން ކަމުން ރައްޔިތުންނަށް ފަސޭހަ ވާނަމަ ދެން އެކަމެއް ނުހުއްޓުވޭނެ އެވެ. އަނެއްކާ ބަހުގެ ހިދުމަތުން ރައްޔިތު މީހާގެ ޖީބަށް ލުއިވެގެންދާ ދިޔުން ނިމުމަކަށް ގެންނަން އުޅުމަކީ ރައްޔިތު މީހާގެ ގައިގައި ކޮޅުފައިން ޖެހުން ފަދަ ކަމަކަށް ނޫނީ ނުވާނެ އެވެ.

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް