މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖަހާފައިވަނީ ނ. މިލަދޫ ނޫއަލީ ޢަބްދުﷲ އަލީ ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގައެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޢަބްދުﷲ އަލީވަނީ އޭނާ ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ދައުވާއަށް އިއުތިރާފުވުމުން އޭނާގެ އަދަބު ކްރިމިނަލް ކޯޓުގެ ގާޒީވަނީ ލުއިކޮށްދީފައެވެ. އޭނާގެ މައްޗަށް އަސާސީ އަދަބެއްގެ ގޮތުގައި 2 މަހާއި 12 ދުވަސް އައިނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި އަދި ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރީ ލުއި ހުކުމެކެވެ. މި ގޮތުން، އޭނާގެ މައްޗަށް ކޮށްފައިވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު މި ހުކުމް ކުރީ ގާޒީ އަލީ ނަދީމްއެވެ.