ads
އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގެ މުސްލިމުންނަށް ހިންދޫއިން އަނިޔާ ކުރަނީ
އެންމެ ފަހުން ހިންދޫއިންގެ އުނދަގޫ އިނގިރޭސިވިލާތަށް ވެސް
އިންޑިއާގެ ހިންދޫ ދީނުގެ މީހުންގެ އުނދަގޫތައް، އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ޖެހިއްޖެ އެވެ.
Advertisement

އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގައި ދިރިއުޅެމުން އަންނަ މުސްލިމުންނާއި ދެކޮޅަށް އެގައުމުގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ހިންދޫއިން ހަމަނުޖެހުން ހިންގަން ފެށީ، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ބައެއް ރިޕޯޓް ތަކުގައި މިހަމަނުޖެހުން ހިނގަން މެދުވެރިވީ، މުސްލިމުން އެގައުމުގައި ތިބި ހިންދޫއިންނަށް ފުރައްސާރަ ކުރަން ފެށުމުން ކަމަށް ބުނި ނަމަވެސް، އެކަން އެގައުމުގައި އުޅޭ މުސްލިމުން ވަނީ ދޮގު ކޮށްފަ އެވެ. 

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އިއްޔެގެ ވަގުތެއްގައި ވެސް، މުސްލިމުން ދިރިއުޅެމުން ދިޔަ ސަރަހައްދަކަށް ގިނަ އަދަދެއްގެ ހިންދޫއިން އެއްވެ، އެ ސަރަހައްދުގައި ހުރި މުސްލިމުންގެ ފިހާރަތަކާއި، ކެފޭތަކަށް ގެއްލުންދޭ މަންޒަރު ފެނެ އެވެ. 

މީގެ އިތުރުން ބައެއް ހިންދޫއިން އެތަނުގައި ތިބި މުސްލިމުންނަށް އަނިޔާ ކުރަމުންދާ މަންޒަރުވެސް ބައެއް ވީޑިއޯ ތަކުން ފެނެ އެވެ. އަދި ބައެއް ހިންދޫއިން އެމީހުންގެ ދީނީ ޝިއާރުތައް ބަންގި ގޮވާ ވަގުތު ތަކުގައި މިސްކިތްތައް ބުޑުގައި ގޮވާ، ނަމާދު ކުރަން ތިބޭ ފަރާތްތަކަށް އުނދަގޫ ކުރަމުން ދާ ކަމަށްވެސް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

މިހާތަނަށް މި ހަމަނުޖެހުން ތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެގައުމުގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ހަމަނުޖެހުންތައް ހިންގުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށާއި، ހަމަނުޖެހުން ހިންގާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. 

އަދި މި ހަމަނުޖެހުން ތަކާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް