ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް
ވިނަރެސް ފުލެޓް ގަންނަން 1400 އަށްވުރެ ގިނަ ހުށަހެޅުން
ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ވިނަރެސް ފުލެޓްތައް ގަތުމަށް 1400 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައި ވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ވިނަރެސް ފުލެޓު ތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެޗްޑީސީއިން މިއަދު ބުނީ، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް ފުލެޓު ގަތުމަށް އެދި ހުށަހެޅުމުގެ ސުންގަނޑި ހަމަވެފައި ވާކަމަށާއި، އެ މުއްދަތާއި ހަމައަށް ޖުމްލަ 1413 ފަރާތަކުން ވަނީ ކުރިމަތިލައިފައި ކަމަށެވެ. 

މި ފުލެޓުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީން ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.  

މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި 10 ޓަވަރު އިމާރާތް ކޮށްފައި ވާއިރު, ޖުމްލަ 1344 އެޕާޓްމަންޓު ހިމެނެ އެވެ. މި އެޕާޓްމަންޓު ތަކަކީ 902 އަކަފޫޓު އަދި 883 އަކަފޫޓުގެ އެޕާޓްމަންޓު ތަކެކެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އަދި ތިން ފާހާނާ އަދި ބެލްކަންޏެއް ހުރެ އެވެ.

ވިނަރެސް ފުލެޓުގެ ޕްރޮސެސް ކުރިޔަށްދާނެ ގޮތަ ކީ ކޮބާ؟

މިނިސްޓްރީން ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯ ތަރުތީބުން ލިސްޓް ކުރެވޭނެ އެވެ. އެއަށްފަހު އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ އެވެ. އަދި އެއަށްފަހު އެޗްޑީސީއިން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިޔަށް ގެންދެވި އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ އެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެ އެވެ.

ވިނަރެސް ފުލެޓު ހަވާލުކުރެވޭނީ ކޮންއިރަކު؟ 

މި ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން ދާއިރު، އެޗްޑީސީއިން މައުލޫމާތު ދޭ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފުލެޓު އާންމުންނާއި ހަވާލުކުރެވިގެންދާނެ އެވެ. 

ވިނަރެސް ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް އަދި ފުރަތަމަ ފުލޯ ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވީއިރު، މި ސަރަހައްދުގައި އެއް ކޮންވީނިއެންސް ސްޓޯ، ފަސް މީޓް/ފިޝް ޝޮޕް، ފަސް ރީޓެއިލް ފިހާރަ، އެއް ޓެއިލާ ޝޮޕް، ދެ ފާމަސީ އަދި އެއް ކްލިނިކް އެޅުމަށް އެޗްޑީސީއިން ވަނީ މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައް މި ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް