ads
މައްސަލަ ދިމާވެފައިވާ އައިފޯން 14 އެއް
އައިފޯން 14 ގެ ކެމެރާގައި ބޮޑެތި މައްސަލަތަކެއް ދިމާވާން ފަށައިފި
ބާޒާރަށް އެންމެ ފަހުން ނެރުނު އައިފޯން 14 ގެ ކެމެރާއަށް މައްސަލަ ތަކެއް ދިމާވާ ކަމަށް އެ ފޯނު ބޭނުން ކުރަމުން އަންނަ ފަރާތްތަކުން ބުނެފި އެވެ.

އައިފޯނު 14 ނެރެފައިވަނީ، މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެގޮތުން އައިފޯން 14 ލިބޭނީ 799 ޑޮލަރަށެވެ. 14 ޕްލަސް ލިބޭނީ 899 ޑޮލަރަށެވެ. ޕްރޯގެ އަގަކީ 999 ޑޮލަރެވެ. ޕްރޯ މެކްސްގެ އަގަކީ 1،099 ޑޮލަރެވެ.

މި ފޯނުގެ ބޭނުން ކުރަމުން އަންނަ ބައެއް ފަރާތްތަކުން އަންނަނީ ފޯނުގެ ކެމެރާއަށް ދިމާވާ މައްސަލަ ތަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކުރަން ފަށާފަ އެވެ. އެގޮތުން އައިފޯނު 14 އިން ސްނެޕްޗެޓް، އިންސްޓަގްރާ، ޓުވިޓާ އަދި މިނޫންވެސް އެޕްލިކޭޝަން ތަކުން ކެމެރާ ގެ ބޭނުން ކުރާ އިރު، ކެމެރާ އެއްކޮށް ނުސާފުވާކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުން ރަސްމީކޮށް ފޯނުގައި އިންނަ ކެމެރާ އެޕްލިކޭޝަން އިން ވެސް މި މައްސަލަ ދިމާވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ކެމެރާ ހުޅުވާލައިރު، ވައިބްރޭޝަނެއް ހުންނަ ކަމަށާއި، ދެތިން ފަހަރު ކެމެރާ ނިވާލުމަށްފަހު ހުޅުވުމުން ބައެއް ފަހަރު މައްސަލަ ހައްލުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ ދިމާވަނީ، ހަމައެކަނި، އައިފޯން 14 އަށެވެ. މި މައްސަލަ އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސް އަށް ވެސް ދިމާވާ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އެޕަލް ކުންފުނިން ވަނީ މިއީ ސޮފްޓްވެއާ މައްސަލައެއް ކަމަށާއި، މިކަން ހައްލުކޮށް އަންނަ ހަފްތާ ތެރޭ އާ ސޮފްޓްވެއާއެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިއީ ކެމެރާ ހަލާކުވެފައި ހުރުން ނޫން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. 

64%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް