ads
ނަބީހް
ނަބީހުއާ މެދު މުޅި ދިވެހި ގައުމުވެސް ފަހުރުވެރިވެއެވެ
އަލްހާފިޒް އަހްމަދު ނަބީހުގެ ގުރުއާން ކިޔެވުމާއި މެދު މުޅި ދިވެހި ގައުމު ފަހުރުވެރިވެއެވެ.

ސިވިއާ އޯޓިޒަމް ހުންނަ ނަބީހު ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް އަބްދުލްއަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ ފައިނަލު ރައުންޑުގައި ކިޔަވައިފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިން ވާދަކުރާ މި މުބާރާތުގެ ފައިނަލް ބުރަށް ނަބީހްއަށް ދަތުރު ކުރެވުމަކީ މިއީ ރާއްޖޭގެ ބައިވެރިއަކު މި މުބާރާތުގައި މިފަދަ ކާމިޔާބީއެއް ފަހުގެ ތާރީހެއްގައި ހޯދި ހަމައެކަނި ފަހަރެވެ. ސީއެންއެމް ނިވްސް ޓީމުގެ ފަރާތުން ނަބީހުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

95%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް