އޭއީއެޗުން ކުރި ޓްވީޓެއްގައި ބުނީ ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުން ސީޓީ ސްކޭނުގެ ހިދުމަތަށް އަހުލުވެރިކޮށްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލް ހުޅުވީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ބައެއް މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ އެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަން (އޯފިޑް) އިން ލިބުނު 171 މިލިއަން ހޭދަ ކުރި އެ ހޮސްޕިޓަލުގައި 11 ދާއިރާއަކުން ފަރުވާ ދެއެވެ.
އޭގެ ތެރޭގައި އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތައް ހިމެނެ އެވެ.