ads
ބާލާކޯޓު ހަމަލާ: ޓެރަރިޒަމާ ދެކޮޅަށް ހިތްވަރުގަދަ ރައްދެއް
ފެބްރުއަރީ މަހުގެ 26 ވަނަ ދުވަސް ފާހަގަ ވަނީ އިންޑިއާ ސިފައިން ކެރިގެން ޓެރަރިޒަމާ ކުރިމަތިލައި، ޓެރަރިސްޓް ޖަމާއަތެއްގެ ހާއްޔެއް ރޫޅާލި ތާރީހީ ދުވަސް ކަމުގައެވެ.ޕާކިސްތާންގެ ސަރަހައްދުގެ އެތެރެއަށް ދިން މިހަމަލާއަކީ، ޓެރަރިސްޓް ޖަމާއަތް، ޖައިޝޭ މުޙައްމަދާ ދެކޮޅަށް ދިން ހަމަލާއެކެވެ. އިންޑިއާއިން ދެއްކި ނަމުނާއަކީ ޓެރަރިޒަމާ ދެކޮޅަށް ހަމަލަ ދިނުމުގައި ފަސްޖެހުމެއް ނެތް ކަމެވެ.

ހަމައެއާއެކު، ޕާކިސްތާނުން އަންނަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭ އަސްކަރީ ނަރަޒިއްޔާއަށް ބަދަލެއް އައިސްފިކަމަށްވެސް މިއިން ދައްކައި ދިނެވެ. ބާލާކޯޓް ހަމަލާއަކީ ސިފައިންގެ އެކި ފެންވަރުގައި އަސްކަރީ އަދި ޖާސޫސީ މައުލޫމާތު ވިލަރެސްކުރެވިގެން ޑިޕްލޮމެޓިކް ފަންނީ މަސައްކަތަކާއެކު ދީފައިވާ ރައްދު ހަމަލާއެކެވެ. މީރާޖް 500ގެ އެއްޑަޒަން ބޯޓުތަކުން އެތަކެއް އަސްކަރީ ޕްލެޓްފޯމެއްގެ އެހީތެރިކަމާއެކު އިންޑިއާއަށް ހަމަލަދޭން ތައްޔާރަށް ތިބި 200 އެއްހާ ޓެރަރިސްޓުންގެ ބާރުކަނޑުވާ ލެވުނެވެ. 

ބާލާކޯޓުގެ ރައްދު ހަމަލާއިން ދައްކައި ދިނީ ޕާކިސްތާނާވީ ފަޅިން އަންނަ ހަމަލަތަކަށް އިންޑިއާއިން ދެވަނަ ވިސްނުމަކާ ނުލައި ރައްދު ދޭނެކަމެވެ. އަދި މިއިން ޔަގީން ކޮށްދިނީ ޕާކިސްތާންގެ މައްޗަށް އޮތް އިންޑިއާގެ އަސްކަރީ ބާރުވެރިކަމެވެ. ޕާކިސްތާންފަދަ ގޮތްނޭނގޭ، ވެރިން ގިނަ، ނިއުކްލިއަރ ބާރެއްގައި މިފަދަ ހަމަލާއަކުން ނިކުންނާނެ ނަތީޖާ ޖެހޭނީ ލޯމަރާލާފަ އަންދާޒާކޮށްލާށެވެ. އިންޑިއާއަށްވެސް މިއީ ވިލަރެސްކުރަން ފަސޭހަ އޮޕަރޭޝަނަކަށް ނުވިއެވެ. ޕާކިސްތާންފަދަ ކޮންމެ އިރެއްގައިވެސް އުންޑައެއް ފޮނުވާލަފާނެފަދަ ގައުމަކީ އޭގެ ޒާތުގައި ގޮތް ނޭނގޭ ބިރެކެވެ. އެހެންވެ، ރައްދުހަމަލަ ދިނުމުގައި ނިކުންނާނެ ނަތީޖާއާއި ދެން ދިމާވާނެ ޓެރަރިސްޓް ހަމަލާއާއި އޭގެ އަމާޒުފަތްގަނޑުތައް ނިކަން ރަނގަޅަށް ދިރާސާ ކުރަން ޖެހެއެވެ. އިންޑިއާގެ އަސްކަރީ ފަންނުވެރިވެރިންނާއި ސްޓްރެޓެޖިކް މާހިރުން މިކަން ދިރާސާ ކުރީ ނުހަނު މޮޅަށެވެ. ކާމިޔާބީ އޮތީ އިންޑިއާއަށެވެ. 

މި ހަމަލާއިން އިންޑިއާ ޔަގީންކޮށްދިނީ، ޓެރަރިސްޓުން ފަހައި ފަސްފަހަތުން ދިނުމުގައި އިންޑިއާއިން ފަސް ނުޖެހޭނެ ކަމެވެ. އަދި އިންޑިއާއަކީ ހިމޭނުން އޮންނާނެ ބާރެއްކަމަށް ބަލައިގެން ނުވާނެ ކަމުގައެވެ. އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން ޕާކިސްތާންގެ ފަސްގަނޑަށް މިސައިލްތައް އޮއްސާލުމާއެކު ކާމިޔާބީއާއެކު ބޯޓުތައް އެނބުރި އައިސް އަސްކަރީ ފަޚުރުވެރި ތާރީޚެއްގެ އައު ސަފްހާއެއް ފަވާލިއެވެ. 

ޕުލްވާމާގެ ޓެރަރިސްޓް ހަމަލާއަށްފަހު އިންޑިއާއަށް ހުރިހައި ކަމެއް ރާވައި ވިލަރެސްކުރުމަށް ލިބުނީ ދިހަ ދުވަހެވެ. އިންޑިއާ ސިފައިން ތިބީ ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާގައި މަރާލި، 46 ފައުޖީންގެ މަރަށް ފެންބޮވައިގެންފައެވެ. ޕާކިސްތާންގެ ޓެރަރިސްޓް ހަމަލާއަށް އަދަބެއް ދޭން އޮތީ ޖެހިފައެވެ. 

މިއިން ދައްކައި ދިނީ ޕާކިސްތާންގެ ނިއުކްލިއަރ ކިބުރުވެރިކަމަކީވެސް ބިލާހެއް ކަމުގައެވެ. އަދި ސިފައިންގެ އިސް ޖެނަރަލުންނަށް އިންޑިއާއިން ދިން ސާފު މެސެޖަކީ މީގެ ފަހުން ހުރިހައި ކަމެއް ވަރިހަމަ ކޮށްލައިގެން އޮންނާނެ އިންޑިއާއެއް ދެނެއް ނުފެންނާނެ ކަމުގައެވެ. 

26 ފެބްރުއަރީގެ ފަތިހު ދިން މިހަމަލާގައި އިންޑިއާއިން ފުރަތަމަ ފަހަރަށް ކުރި ކިތަންމެ ކަމެއް ތާރީޚުގެ ތެރެއަށް ވަދެގެން ދެއެވެ. މިއީ 1971އަށްފަހު ޕާކިސްތާންގެ ދުޝްމަން ސަރަހައްދުގެ މިހާ ފުނަށް އިންޑިއާއިން ވަދެ ހަމަލާ ދިން ފުރަތަމަ ފަހަރެވެ. އަދި މިއީ އިންޑިއާއަށް ބޭރުން އައި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ރައްދެއް ދިން ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ވައިގެ ސިފައިންގެ ޒަމާނީ އަސްކަރީ އާލާތްތައް އަމަލީ ސިފައެއްގައި ބޭނުންކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ސިފައިންނާއި ޖާސޫސީ އިދާރާއާ ގުޅިގެން އަސްކަރީ ޖާސޫސީ އޮޕަރޭޝަނެއް ދުޝްމަން ސަރަހައްދެއްގައި ކާމިޔާބު ކަމާއެކު ނިންމާލި ފުރަތަމަ ފަހަރުވެސް މެއެވެ. 

ފުރިހަމައަށް ޖާސޫސީ މަޢްލޫމާތު ލިބިފައި ވުމަކީ، އޮޕަރޭޝަން ކާމިޔާބު ވުމުގެ ފުރަތަމަ ބައެވެ. އެގޮތުން ހަމަލަދޭން ޖެހޭ ޓެރަރިސްޓް މަރުކަޒުގެ ސަރަހައްދު ފުރިހަމައަށް ފާހަގަ ކުރުމާއި، ހަމަލަދޭ އަސްކަރީ ޓީމު ހަރަކާތްތެރިވާ މިސްރާބުގައި ހުންނަ ޕާކިސްތާންގެ ދިފާއީ މަރުކަޒުތައް ދަނެގަތުމާއި އަދި އެތަންތަނުގެ ހަރަކާތްތަކާއި އަޅާނެ ފިޔަވަޅުތައް އެނގި، ލަފާ ކުރެވިފައި އޮތުމަކީ މިފަދަ އޮޕަރޭޝަނެއްގެ ކާމިޔާބީއަށް ނުހަނު މުހިންމު މަޢްލޫމާތެވެ. މިއިން ޔަގީން ކަމާއެކު ސާބިތުކޮށްދިނީ އިންޑިއާއިން ތައްޔާރަށް އޮތް މިންވަރާއި ޕާކިސްތާނުން ޣާފިލުވެފައި އޮތް މިންވަރެވެ. އަދި ހުރިހައި ފެންވަރެއްގައިވެސް ޕާކިސްތާންގެ ދިފާއުގައި ބޮޑެތި ނުކުޅެދުންތެރި ކަންތައްތަކެއް ހުރިކަން މިރައްދު ހަމަލާއިން ސާބިތުކޮށްދިނެވެ.

އަސްކަރީ މަތިންދާބޯޓުތަކުގައި ހަމަލާދޭން ދަތުރުކުރި ސިފައިންގެ އަންހެނުންނާއި ފިރިހެނުން ސާބިތުކޮށްދިނީ ޕާކިސްތާންގެ ރޭޑާތަކުން ރެކިގެން އެމީހުނަށް ހިތްވަރުގަދަ ހަމަލާތަކެއް ދެންވެސް ދެވިދާނެ ކަމުގައެވެ. އަދި އަންނާން އޮތް ޖީލުތަކަށްވެސް މަގެއް ދައްކައި ދިނީއެވެ. މި ނުކުތާގައި ސިފައިންގެ އެހެން ޚިދުމަތްތަކުގެ ހުޝިޔާރުކަންވެސް ފާހަގަ ކޮށްލެވެއެވެ. ދުޝްމަނުންގެ ފަރާތުން އައިސްފާނެ ކޮންމެ ފަދަ ހަމަލާއަކަށްވެސް ކަނޑުގެ ސިފައިންވެސް ތިބީ ތައްޔާރީ ހާލަތުގައެވެ. އިންޑިއާގެ އެތައް އަސްކަރީ މަރުކަޒެއްގައި އަދި އެތައް އަސްކަރީ އުޅަނދެއްގައި ސިފައިން ތިބީ ގައުމަށްޓަކައި ގުރުބާންވާން ތައްޔާރީ ހާލަތުގައެވެ. 

އަސްކަރީ މައިދާނުގައި އިންޑިއާއިން ކާމިޔާބި ހޯދި ގޮތަށް އިންޑިއާގެ ރައްދު ހަމަލާގައި ޑިޕްލޮމެޓިކް މައިދާނުގައިވެސް އިންޑިއާއިން ކާމިޔާބީ ހޯދިއެވެ. ޕާކިސްތާނަށް ޑިޕްލޮމެޓިކް މައިދާނުގައި އިންޑިއާގެ މައްޗަށް ކުރި ހޯދިފައި ނުވަނީ އިންޑިއާއިން މިކަން ވިލަރެސްކުރިގޮތުގެ ޙިކުމަތްތެރިކަމުންނެވެ. 

އިންޑިއާއިން ދިން ރައްދު ހަމަލާގައި މަދަނީންނަށް ލިބުނު ގެއްލުން ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި މިއިން ޕާކިސްތާންގެ ރައްޔިތު މީހާގެ ނަޒަރުގައި ޓެރަރިސްޓުން ވަކިކޮށް އެމީހުން އެކަހެރިކޮށްލެވުނީއެވެ. 

އިންޑިއާއިން މިހަމަލަ ތަންފީޒުކޮށް ނިންމާލިގޮތުން ހަތުރުންނާއި މިތުރުންވެސް ތިބީ އަޖާއިބު ވެފައެވެ. 

ފެބްރުއަރީ މަހުގެ 26 ވަހަ ދުވަހުގެ ހަމަލާއަކީ، ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އެކަތިގަނޑަކަށްވެ އޮތް ދުވަހެވެ. އިންޑިއާގެ އަސްކަރީ ސަގާފަތުގައި އަނެއްކާވެސް ރަންއަކުރުން ލިޔެވިގެން ދިޔަ ތާރީޚީ ދުވަހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް