ads
ޔާޔާ
ޔާޔާ 2 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޓިކްޓޮކުގައި ބަރަހަނާވި، ޔާޔާ ނަބީލް ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

ޓިކްޓޮކްގައި ބަރަހަނާ ފޮޓޯ އާއްމު ކުރަމުންދާ މައްސަލާގައި މީގެ ކުރިންވެސް ހައްޔަރުކޮށް ދޫކޮށްލާފައި ހުރި، ނަބީލު މިފަހުން އަލުން ހައްޔަރުކުރީ އޮގަސްޓު މަސްތެރެއެވެ.

ފުލުހުން މިފަހަރު ހައްޔަރުކުރަމުން ބުނީ، އޭނާ ހައްޔަރުކުރީ އިޖްތިމާއީ މިންގަޑާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކުރި މައްސަލާގަައި ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާ އެއް ކޮށްފަ އެވެ. އެއީ:

  1. އޮރިޔާން ކާޑު ހެދުމުގެ ދައުވާ
  2. އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ

މި ދެ ދައުވާ އަށްވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް ކޯޓުގެ ހުކުމުގައި ބުނީ، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ރޭ 9:32 ހާއިރު އޭނާ ދިރިއުޅޭ ގ. ކަމަރާގެ ފުލުހުން ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލެޕްޓޮޕުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ.

ކޯޓުން މިއަދުކުރި ހުކުމުގައި 

  • އޮރިޔާން ކާޑު ހެދުމުގެ ދައުވާ ސާބިތުވެ، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވޭ
  • އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވޭ
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ އާއްމުކުރީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭރު ވެސް ފުލުހުން އޭނާ ހައްޔަރުކުރީ، ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، އޭނާ ވަނީ އެއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލީ ފަސްދޮޅަސް ދުވަސް ވަންދެން ސޯޝަލްމީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށް ނަމަވެސް މިއަހަރުގެ އޮގަސްޓު މަސްތެރޭ އަލުން ހައްޔަރުކުރުމާއި ހަމަޔަށް އޭނާ ދިޔައީ އަހްލާގީ މިންގަނޑު ދަށް ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ނެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް