ކްލަބު މޯލްޑިވްސް ކަޕް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. ކްލަބް މޯލްޑިވްސް ކަޕްގެ އިތުރުން ކްލަބް މޯލްޑިވްސް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވަމުން އަންނަ 18/30 ފުޓްސަލް ފިއެސްޓާވެސް އަންނަ މަހު އޮންނާނެއެޗެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބް މޯލްޑިވްސް އިން އަންނަ މަހުގެ އެއް ވަނަ ދުވަހު މުބާރާތް ފަށާއިރު، އޭގެ އެއް ދުވަސް ކުރިން މުބާރާތުގެ ކިކޮފް އިވެންޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ މިހާރު ރާއްޖޭގައި އޮންނަ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.