މިމައްސަލާގައި އިއްޔެ ހައްޔަރުކުރީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި، 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދެމަފިރިން ނެވެ.
މައުލޫމާތު ލިބޭގޮތުގައި އެހެން ބުނީ، އަންހެން މީހާއެވެ. އެގޮތުން އެމީހުން ގެންދިޔަ ފޮއްޓެއް އެއާޕޯޓުން ޗެކް ކުރަން ފެށުމުން "ތީގައި އޮތީ ބޮމެއް" ކަމަށް އަންހެން މީހާ ބުނީ، މަޖަލަކަށް ކަމަށް ވެއެވެ.
އެކަމުގެ ރިޕޯޓު ވަގުތުން އެމްއެންޑީއެފްއަށް ލިބިފައިވާއިރު، އެމްއެންޑީއެފުން އެސަރަހައްދަށް ގޮސް އެދެމަފިރިން ގެންގުޅުނު ތަކެތި ބަލާފައިވެއެވެ. އެފަދަ އެއްވެސް އެއްޗެއް ފެނިފައިނު ވެެއެވެ. ނަމަވެސް، އެދެމަފިރިން އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފުލުހުން މިއަދު ”ސީއެންްއެމް“އަށް ބުނީ އެމީހުން ދޫކޮށްލިޔަސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.