ads
ވިއްސާރަވެ، ހޮނުއެޅުމުގެ ސަބަބުން އިންޑިޔާގައި 36މީހުންވަނީ މަރުވެފައި
ވިއްސާރަވުމުގެ ސަބަބުން އިންޑިޔާގައި 36 މީހުން މަރުވެއްޖެ
އިންޑިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 36 މީހުން މަރުވެއްޖެއެވެ.

ނުރައްކާތެރި މޫސުމީ ވިއްސާރައިގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުން 36 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ބޯކޮށްވެހުނު ވާރޭގައި ގެތަށް ހަލާކުވެގެން މަރުވި މީހުންނާއި ހޮނު އެޅުމުގެ ސަބަބުން މަރުވި މީހުން ހިމެނެއެވެ. 

އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތައް ހަލާކުވެ، 24 މީހުން މަރުވެފައިވާ ކަމަށް ރިލީފް ކޮމިޝަނަރު ރަންވީރު ޕްރަސާދު ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޮނުއެޅުމުގެ ސަބަބުން އެ ސްޓޭޓުގެ 39 މީހަކު މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވަނީ މަރުވެފައެވެ.  ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މީހުން ރައްކާތެރިކުރެވޭނެ ގޮތުގެ އާ ގައިޑްލައިންތަކެއް އެ ސްޓޭޓުން މިހާރުވަނީ ނެރެފައެވެ.

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އަންނަ ވިއްސާރަ މޫސުމުގައި އެސަރަހައްދަށް ހޮނުއެޅުމަކީ އާންމު ކަމެކެވެ. 

އިންޑިއާގެ ތިމާވެއްޓާ ބެހޭ އޮފިޝަލުން ވިދާޅުވާގޮތުގައި ގަސް ކެނޑުމާއި، ފެން ތަޣައްޔަރުވުމުގެ ސަބަބުން މޫސުމަށް އަންނަބަދަލުތައް މިހާރު ފެންނަމުންދާ ކަމަށެވެ. 

ދުނޔެ ހޫނުވުމުގެ ސަބަބުން ހޮނުއެޅުން  އިތުރުވެފައިވާކަމަށް އިންޑިޔާގެ ސެންޓަރ ފޮރ ސައިންސް އެންޑް އެންވަޔަރަންމަންޓުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް