ads
ހޯމް މިނިސްޓަރ އިމްރާން
ޖަލުގައި މީހަކު މަރުވި ހާދިސާގައި އިހުމާލެއް ނެތް
މާފުށި ޖަލުގައި މި މަހު މީހަކު މަރުވި މައްސަލައިގައި ކަރެކްޝަންގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މި މަހުގެ 15 ދުވަހު މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން އޮންލައިން ނޫސް "އަދަދު" އާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ ހާދިސާގައި ކަރެކްޝަންސްގެ އިހުމާލެއް ނެތް ކަމަށެވެ.

"އެކަމުގައި އަޅުގަނޑަކަށް ކަރެކްޝަންސްގެ އިހުމާލެއް އޮތް ކަމަކަށް އަދި އެއްވެސް މީހެއްގެ ގަސްދުގައި ކޮށްފައި އޮތް އެއްވެސް އަމަލެއް ނެތް. އަޅުގަނޑު ވަރަށް ގާތުން އެކަން ބެލިން،" އިމްރާނާ ހަވާލާދީ އަދަދުން ރިޕޯޓުކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި މި މަހުގެ 15 ދުވަހުގެ ހަވީރު މަރުވީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މ. މުލީ, ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު އެވެ. ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް