ads
އިންޑިޔާގެ ބޮޑު ވަޒީރުގެ އަރިހުގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު
އިންޑިއާ އަކީ ރާއްޖެއާއި އެންމެ ގާތް ބައިވެރިޔާ: މިނިސްޓަރު ޝާހިދު
އިންޑިއާ އަކީ ރާއްޖެ އާއި އެންމެ ގާތް ބައިވެރިޔާ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގައި އޮތް އިންޑިއާގެ ރަސްމީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ އިން އދ. ގައި އަދާ ކުރަމުން އަންނަ މުހިއްމު ރޯލަށް ދިވެހި ރާއްޖޭގެ ނަމުގައި މަރުހަބާ ދަންނަވާފަ އެވެ. 

އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޝާހިދު ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭ އިންޑިއާއިން ރާއްޖެއަށް ދިން އިސްކަން ފާހަގަ ކުރައްވާ ކަމަށާއި، ވެކްސިން އާއި އެހެނިހެން ގޮތް ގޮތުން އެ ދުވަސްވަރު އިންޑިއާ އިން ރާއްޖެއަށް ވެދިން އެހީ ބަލައިގަންނަ ކަމަށެވެ. 

އަދި މިހާރުވެސް ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތު ކޮށް، ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ އިން ވަމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު ދަންނަވާފަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުން ވަނީ އިތުރު ހަރުފަތަކަށް ގެންދަވާފަ އެވެ. އެގޮތުން އިންޑިއާ އިން މިހާރުވެސް އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. 

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހެދޭ އެންމެ ބޮޑު ބުރިޖު ކަމަށްވާ، ތިލަމާލެ ބުރިޖުގެ މަސައްކަތްވެސް ކުރަމުން ދަނީ އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކުކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް