ads
ވެރިކަމަށް އައުމަށްފަހު ރައީސް އޮފީސް ހިންގަވާނީ ކަނޑުމަތީގައި: ޖާބިރު
ވެރިކަމަށް އައުމަށްފަހު ރައީސް އޮފީސް ހިންގަވާނީ ކަނޑުމަތީގައި: ޖާބިރު
ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ހިސާބުން ފެށިގެން ރައީސް އޮފީސް ހިންގަވާނީ، ކަނޑުމަތީގައި ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން އޭރުން ފަސޭހައިން ކޮށްދެވޭނެ ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
Advertisement

ޖާބިރު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ. އަދި އެއްވެސް އިތުރު ޕާޓީ އަކާއި އެކު ކޯލިޝަން ހެދުމެއް ނެތި ވެރިކަން އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޖާބިރު ގެންދަވަނީ ވިދާޅުވަމުންނެވެ. 

"ސީއެންއެމް" އަށް މިއަދު ޖާބިރު ދެއްވި އިންޓަވިއުއްގައި ވިދާޅުވީ، ވެރިކަމަށް އައުމަށްފަހު، ރައީސް އޮފީސް ހިންގުން ކަނޑުމައްޗަށް ބަދަލު ކުރައްވާނެ ކަމަށާއި، ސަބަބަކީ ރާއްޖެއަކީ ކަނޑުގެ ނިސްބަތް ބޮޑު އަދި ގިނަ ރަށްތަކެއް އޮންނަ ގައުމެއް ކަމަށް ވުމުން ކަމަށެވެ. އަދި އޭރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ފަސޭހަތައް ވެގެން ދާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. 

"ރައީސް އަކަށް އަންނަ ބޭފުޅަކު ބިޒީ ވަނީ މި ހުރިހާ ކަމެއް ކުރަން ހަދައިގެން. އަޅުގަނޑު ވެރިކަމަށް އައުމަށްފަހު ރައީސް އޮފީސް ހިންގުން ކަނޑުމައްޗަށް ބަދަލު ކުރާނަން. އޭރުން ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ވެގެން ދާނެ." ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، ވެރިކަމަށް އައުމަށް ކޯލިޝަނެއް ނަހަދާނެ ކަމަށެވެ. ސަބަބަކީ ކޯލިޝަން ހަދައިގެން އެއްވެސް ބަޔަކަށް ހަމަޖެހުމެއް ނުލިބުން ކަމަށާއި، އަބަދުމެހެން ކޯލިޝަން ތެރޭ ހިޔާލުތަފާތުވުންތައް އުފެދުން ކަމަށެވެ. އަދި ކޯލިޝަން ހަދާއިރު، ވާ އެއްބެސްވުމަށް އިހުތިރާމް ނުކުރާ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. 

"އަޅުގަނޑު ކީއްކުރަންތޯ ކޯލިޝަން ހަދަންވީ. އަޅުގަނޑު ވެރިކަމަށް އަންނާނީ ރައްޔިތުންގެ ވޯޓުން. ކޯލިޝަނެއް ހަދައިފިނަމަ މި ފެންނަނީ އެއަށް އިހުތިރާމް ނުކުރާ ތަން. އެއްބަސްވުމާއި އެއްގޮތަކަށް ނޫން މި ކޯލިޝަންތަކުގެ ތެރޭ ކަންކަން މިވަނީ." ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު ވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެހެން ޕާޓީތަކުން ބޮޑެތި ހަރަދުތައް ކޮށް، ކެމްޕޭން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިވެހި ރައްޔިތުން މާކުރީއްސުރެ ނިންމައިގެން ތިބީ އޭނާ ހޮވަން ކަމަށް ވިދާޅުވެފަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކުރިމަތިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމުގެ އިޝާރާތެއް ކުރައްވައިފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް