ads
ރަސްފަންނުގައި ވެލި އަޅައިގެން ހަދާފައިވާ ސަރަހައްދު
ރަސްފަންނުގެ ވެލި ޕާކް ނަގައި އެ ސަރަހައްދު ރިންގް ރޯޑާއި ގުޅާލަނީ
އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން ރަސްފަންނުގައި ވެލި އަޅައިގެން ހަދާފައިވާ ފަސްގަނޑު ނަގައި، ރިންގްރޯޑްގެ ބައެއްގެ ގޮތުގައި އެ ސަރަހައްދު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގު ހެދުމުގެ ބޮޑު މަޝްރޫއު ކުރިއަށްދާތީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ކަނބާ އައިސާ ރަނިހިނގުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެ މަގު ބަންދުކުރުމުން މާފަންނު ކޮޅުގެ ޓްރެފިކަށް ބާރު ބޮޑުވާނެތީވެ ރަސްފަންނުގައިވާ ވެލި ގަނޑު ނަގައި، އެ ސަރަހައްދު މަގެއްގެ ގޮތުގައި ތަރައްގީކޮށް ރިންގް ރޯޑާއި ގުޅާލުމުން ޓްރެފިކްގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށްވެސް މައުލޫމާތުދެ އެވެ. 

މާލޭގެ ރިންގް ރޯޑްގައި މާލެ ވަށާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިސަރުކާރުގެ ވައުދެކެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި މާލެ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

އާރްޑީސީއާއި މިމަޝްރޫއު ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށް މުޅި މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ޕާކިންގެ މައްސަލަ އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ ވެސްޓް ޕާކް ސަރަހައްދުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.

19%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
62%
ވަރަށް ސަލާމް
ކޮމެންޓްސް