ads
މައުމޫން މޫސާ
ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގައި އިސްކޮށް ވަކީލެއް
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިގެ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގައި އިސްކޮށް ގާނޫނީ ވަކީލެއް ހުރިކަން ހާމަވެއްޖެ އެވެ.

ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި މި ވީޑިއޯ ތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަ ކޮށްފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކުރި އިރު ދެ މީހަކު ފިޔަވައި އެހެން މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ އާއި ބ. ދަރަވަންދޫ، ހީމަ، މުޖައްމަދު މިހާދު މުސްތަފާ އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ ކަމަށް ފުލުހުން ބުންޏެވެ.  

"ސީއެންއެމް" އަށް ކަށަވަރު ވެފައިވާ ގޮތުގައި، މި މައްސަލަ އާއި ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އުމުރުން 41 އަހަރުގެ މައުމޫން މޫސާ އަކީ ގާނޫނީ ވަކީލެކެވެ. 

ބްލެކްމެއިލް ކުރި މައްސަލަ އާއި ގުޅިގެން ގާނޫނީ ވަކީލެއް ހައްޔަރު ކޮށްފައި ވާއިރު، އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވެ، ގާނޫނީ ވަކީލް ނާޒިމް ސަައްތާރު މިހާރު ގެންދަނީ ތިން މަހުގެ ގޭ ބަންދު ހުކުމެއް ތަންފީޒު ކުރަމުންކަން ފާހަގަ ކޮށްލެވެ އެވެ. 

ނާޒިމް ވަނީ ދައުލަތުން ކުރި ދައުވާއަށް ކޯޓުގައި އެއްބަސްވެފަ އެވެ. އަދި ހުކުމްކުރުމުގެ އެެއްދުވަސްކުރިން އޭނާ ވަނީ ކުށާއިމެދު ދެރަވެ، ތައުބާވެ، އާއްމުންގެ ކިބައިން މައާފަށް އެދޭކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

44%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް