ސާބާ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ
ސްޕޯޓްސް ޓީމް
26 ސެޕްޓެމްބަރ 2022 - 00:25:30
މާލޭގައި ރޭ ފެށުނު ސަރަހައްދީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ އަންހެން މުބާރާތުގެ ފުރަތަމަ މެޗުން ދިވެހި އަންހެން ގައުމީ ޓީމު މޮޅުވެއްޖެއެވެ.
ނޭޕާލްގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު އެންމެ ފަހު ވަގުތު ރާއްޖޭން ކާމިޔާބު ކުރީ 51-47 ޕޮއިންޓުންނެވެ. ދިވެހި އަންހެން ބާސްކެޓް ޓީމުން މި ހޯދި ކާމިޔާބަށް ސީއެންއެމް ސްޕޯޓްސް ޓީމުގެ ނަމުގައި މަރުހަބާ ދަންނަވަމެވެ.
ރޭ ރާއްޖެއާ ނޭޕާލު ކުޅުނު މެޗު ބައްލަވައި ލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދެމަފިރިކަނބަލުން މެޗު ކުޅޭ ތަނަށް ވަޑައިގެންނެވިއެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާބާ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީލާންކާ އާއި ބޫޓާން އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް