ސައުދީ އައިޑަލް މުބާރާތް މިހާރު އިއުލާންކޮށްފައިވާއިރު މުބާރާތުގެ ފުރަތަމަ ސީޒަން ފަށަން ކަނޑައަޅާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ އަރަބި 4 ލަވަ ކިޔުންތެރިންނެއެވެ. އެއީ ސައުދީގެ ލަވަ ކިޔުންތެރިއަކާ، ޔޫއޭއީގެ ލަވަ ކިޔުންތެރިއެއްގެ އިތުރުން ސީރިއާ އަދި އިރާގުގެ ލަވަ ކިޔުންތެރިންނެވެ.
ޑިސެމްބަރު މަހު އޮންނަ ސައުދީ އައިޑަލްގެ ފުރަތަމަ ސީޒަންގެ ރިކޯޑިން އަންނަ އޮކްޓޫބަރު މަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.