ads
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު: ފޮޓޯ---ރައީސް އޮފީސް
ބައިނަލް އަގުވާމީ ދުނިޔެއާ އެއްސަފުގާ ރާއްޖެ ފައިހަމަ ކުރަންޖެހޭ
ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިވެ، ބައިނަލް އަގުވާމީ ދުނިޔެއާ އެއްސަފުގާ ރާއްޖެ ފައިހަމަ ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި އުތީމުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އޮއިވަރު މިހާރު ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށާއި، އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ދިވެހިން ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރސޑް ބަދަހިކޮށް، ބައިނަލް އަގުވާމީ ދުނިޔެއާ އެއްސަފުގާ ރާއްޖެ ފައިހަމަ ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ލިބޭ މަންފާއާ، އޭގެ އަނެއްކޮޅު ވެސް އެބައޮތް ކަމަށެވެ. އަދި މިހާރުގެ ކުދިން ބޮޑުވަމުން އަންނަ އިރު، އެކުދިން ބޮޑުވަމުން އަންނަނީ، މީގެ ކުރިން މީހުން ބޮޑުވިފަދަ ދުނިޔެއަކަށް ނޫން ކަމަށް އެމަނިކުފާޏު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އެއަންނަނީ، އަޅުގަނޑުމެން ބޮޑެތިވިފަދަ ދުނިޔެއަކު ނޫން. އެކުދިންގެ ވިސްނުމާ އުންމީދާ ބޭނުންތަށް ވަރަށް ބޮޑަށް ތަފާތުވާނެ. އެހެންނަމަވެސް، ހަމަ-މަގުގައި އިންސާނަކަށް ހުރެވެނީ އޭނާއަށް ލިބޭ އޮލްމަކާ ހުނަރަކުން. ރަނގަޅާ ނުބައި ދަސްވެ، އަމިއްލަ ސިކުނޑިން ވިސްނި މިންވަރަކުން. ދަރިންނަށް އެކަށޭނަ ރަނގަޅު ސިއްހަތާއި، ފުރިހަމަ ތައޫލީމެއް ހޯދޭނެ ފުރުސަތު ފަހިކުރުމަކީ، ގައުމަށްޓަކާ ކުރާކަމެއް. އެކުދިންގެ ގާބިލްކަމާ ޒިންމާދާރު ކަމުން މެނުވީ، މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއް ނުވާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ދަރިންގެ ތަރުބަވީ ހިޔާވައްސަކީ މަދުރަސާ ކަމަށާއި ނަމަވެސް، ގައުމަށްޓަކާ ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮކަމަކީ، ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ، މަތިވެރި އަގީދާގެ ނަމޫނާ، އެކުދިންނާ ގާތުން ފެނުން ކަމަށާއި، މިންތީގެ ހަމަހަމަކަމާ، ގެވެށި އިންސާފު އެކުދިންނަށް ދަސްވެ، މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލާ، ގޮންޖެހުން ތަކުން އަރައިގަނެވޭނެ ގޮތްތަކާ މެދު، ވިސްނާ

 އެގޮތަށް އަމަލު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. 

މިއަދުގެ ޖަލްސާގައި ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންނާއި މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ގައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލެއް އަދި ފަހުރެއް ކަމަށާއި، އެހެންނަމަވެސް ގައުމީ ދުވަސް ޒީނަތްވެ، ޝަރަފްވެރިވެ ތަކުރާރުވާ ސަބަބަކީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންގެ ސަބަބުން ކަމަށެވެ.

"ތިޔަބޭފުޅުން މިސާލު ނަންގަވަން ޖެހޭ ޝަހްސިއްޔަތަކީ، އައްސުލްތޯނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ސިރީސަވާދީއްތަ މަހާރަދުން. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްތިގުލާލްގެ އަބަދީ ރަމްޒު. މާތްވެގެންވާ އިސްލާމްދީނާ، ދިވެހި ރައްޔިތުންނާއި، ދިވެހި ގައުމުގެ ހިމާޔަތުގައިވާ ހަގީގީ އެކަތައިގެ ފާރަކީ، ތިޔަ ބަދަހި ސަފުތަށް." ރައީސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް