ads
އުތީމު
ގައުމީ ދުވަސް، ވިސްނާލަން ޖެހޭ މުހިއްމު ދުވަހެއް
ފަނަރަ އަހަރާއި ހަ މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ވިލޭރެ އެވެ.

އެފަހުރު ދިވެހީންނަށް މިންވަރު ކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. 

ތާރީހުގެ ސޮފުހާ ތަކުން ފެންނަން އޮތް ގޮތުގައި، ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގަ އެވެ. ގައުމީ ދުވަސް މިނަމުގެ ބަދަލުގައި ރަބީއުލްއައްވަލު މަހުގެ އެއް ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސްއަ އެވެ.

ޕޯޗުގީޒުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސް މި ދިވެހި ފަަސްގަނޑުން އިސްލާމްދީން އެއްކޮށް ފުހެވިގެން ގޮސްދާނެކަމުގެ ބިރު ހީވި ވަގުތު ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ލަޝްކަރު އިންޑިޔާގެ ކަންނަންނޫރަށް ގޮސް އެތަނުގެ އަލީ ރާޖާއާ ބައްދަލު ކުރައްވައި ލަޝްކަރު ބޮޑު ކުރެއްވި އެވެ.

ޕޯޗުގީޒުންގެ އަނިޔާވެރި ލަޝްކަރާއި ހަނގުރާމަ ފައްޓަވައި ވަރުގަދަ "ކަނޑުގެ ބާޒު" ބަލިކޮށްލެއްވި އެވެ. އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅައިފައިވާ އަނދިރި އަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުން ކަމަށް ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ.  

މިއަދަކީ، ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫހާއި އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާ ދުވަހެވެ. ގައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ގައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާ ދުވަހެވެ. އަދި އެދަރީންނަށް ދަރާފައިވާ ދަރަނިތައް ވަޒަންކޮށް، އެމީހުންނަށް ހެޔޮދުއާ ކުރުމަށް އެންމެ އެކަށީގެންވާ ދުވަހެވެ. އަދި ހައުމިއްޔަތާއި މިނިވަންކަމުގެ ރޫހު އާލާކުރުމުގެ ދުވަސްވެސް މެ އެވެ.

އެހެން ނަމަވެސް މިއަދު ހިތާމައަކީ، މި ދުވަސް މަތިން ދިވެހިން ހަނދާން ނެތިފައިވާ ކަމެކެވެ. އެހެން ދަންނަވަން މިޖެހުނީ، މިއަދުގެ މަންޒަރުންނެވެ. މިއަދު ދިވެހިންގެ ތެރެއިން ފެންނަމުން މިދަނީ، އަހުވަންތަކަން ދޫކޮށްލާ، އެއްބައިވަންތަކަން ދޫކޮށްލާފައިވާ މަންޒަރެވެ. ގައުމިއްޔަތުކަން ދޫކޮށްލާފައިވާ މަންޒަރެވެ. އެހެން ނަމަވެސް ގައުމުގެ އެންމެން ތިބީ، މިގޮތުގައި ނޫނެވެ. މަދު ބަޔަކު ނަމަވެސް ގައުމުގެ ހައްގުގައި ވަކާލާތު ކުރާ ބަޔަކު ތިބޭ ކަމީ، އުފާވެރި ކަމެކެވެ. 

ފަހަރުގައި ގައުމުގެ ހައްގުގައި، ވަކާލާތު ކުރާ ފަރާތްތައް މަދުވަނީ، އެންމެ އެކަށީގެންވާ ވަރަށް އެކަމުގެ މައުލޫމާތާއި އިލްމު ފޯރުކޮށް ނުދެވޭތީ ކަމަށް ވެދާނެ އެވެ. ސަބަބަކީ، ގިނަ މީހުންގެ ބޮޑު ޝަކުވާއަކަށް މިއަދު ވެފައިވަނީ، ރާއްޖޭގައި މިހާރު ގައުމީ ދުވަސް ފާހަގަ ކުރާ ގޮތެވެ. ގިނަ ފަރާތްތަކަށް ގަބޫލު ކުރާ ގޮތުގައި ގައުމީ ދުވަހާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މީހުން ހޭލުންތެރި ނުވަނީ ވެސް އެންމެ ފުރިހަމަކޮށް އެ ދުވަސް ފާހަގަ ނުކުރާތީ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް