ޗައިނާއިން ގަތަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޫ ޖިއާން ވިދާޅުވީ ނޮވެމްބަރު 20 ވަނަ ދުވަހު ފަށާ ފުޓްބޯޅަ މުބާރާތުގެ ކުރިން ޕެްނޑާތައް އެގައުމަށް ފޮނުވާނެ ކަމަށެވެ. އަންނަ މަހު "ސުހައިލް" އާއި "ސުރައްޔާ" ގެ ނަން ދީފައިވާ ޕެންޑާތައް ގަތަރަށް ފޮނުވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
"މިއީ ގަތަރު ވޯލްޑް ކަޕަށް ޗައިނާގެ 1.4 ބިލިއަން މީހުން ހުށަހެޅި ހަދިޔާއެއް ކަމަށާއި، ޗައިނާ-ގަތަރު ރަހުމަތްތެރިކަމުގެ އާ ރަމްޒަކަށް މިކަން ވެގެންދާނެކަމަށް މަންދޫބު ވިދާޅުވި އެވެ.
ވޯލްޑް ކަޕަށް ޗައިނާގެ ޓީމު ކޮލިފައިނުވި ނަމަވެސް މި ހަރަކާތުގެ ބިޔަ މަޝްރޫއުތައް ހިންގުމުގައި ޗައިނާގެ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.
ޗައިނާގައި ކުރިއަށް ދިޔަ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގެންނެވިއެވެ. އެހެންވެ، ރައީސް ޝީ ޖިންޕިންގް ވިދާޅުވީ މެދުއިރުމައްޗާއެކު "ޕެންޑާ ކޯޕަރޭޝަން" ކުރިއަށްގެންދަވާނެ ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ޗައިނާއިން ރަޝިޔުާއަށް ވާގިވެރިވުން ފަދަ މައްސަލަތަކުގައި ހުޅަނގުގެ ބާރުތަކުން ޗައިނާ ދަނީ ވަރަށް ބޮޑަށް އެކަހެރި ކުރަމުންނެވެ.