ads
އައިފޯން -14
ހީކުރިވަރުގެ ޑިމާންޑެއް ނުލިބުމުން، އައިފޯން-14 އުފައްދާ މިންވަރު މަދުކޮށްފި
ޑިމާންޑު ދަށްވުމުން އައިފޯން-14 އުފައްދަން އެޕްލްއިން ނިންމާފައި އޮތް އަދަދު މަދު ކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އައިފޯން-14ގެ ސޭލްސް އުޅެނީ އެޕަލްއިން އަންދާޒާކުރިވަރަށްވުރެ ދަށުގައެވެ. އަދި އެއީ އައިފޯން-14ގެ އިތުރު ފޯނުތަކެއް އުފައްދައި މާކެޓަށް ނެރޭވަރަށްވުރެ ދަށް ޑިމާންޑެކެވެ.

ރިޕޯޓުތައް ބުނާގޮތުން، އެޕަލް އިން އެންމެ ފުރަތަމަ ބޭނުންވީ އަހަރު ނިމޭއިރު އައިފޯން-14 ގެ އުފެއްދުން މަދުވެގެން ހަ މިލިއަން ޔުނިޓް އިތުރު ކުރުމަށެވެ. އެ ޕްލޭން މިހާރު ވަނީ އަބުރާ ގެންގޮސްފައި ކަމަށް ވެއެވެ.

މިއަހަރު އެޕަލްއިން ވަނީ އާ ހަތަރު އައިފޯން މޮޑެލްއެއް ތައާރަފްކޮށްފައެވެ އެއީ އައިފޯން 14، އައިފޯން 14 ޕްލަސް، އައިފޯން 14 ޕްރޯ، އަދި އައިފޯން 14 ޕްރޯ މެކްސް އެވެ. 

ރިޕޯޓުތައް ބުނާގޮތުން އައިފޯންގެ މޮޑެލްތަކަށް ހީކުރިވަރުގެ ޑިމާންޑެއް ލިބިފައިނުވަނީ، އެ ފޯންތަކަށް ކަސްޓަމަރުން ހީކުރިވަރުގެ ބޮޑުބަދަލެއްވެސް އައިސްފައި ނުވާތީ އެވެ. އެގޮތުން އައިފޯން 14 ގެ މޮޑެލްއަށް ކުރީގެ އައިފޯންތަކާއި އަޅާބަލާއިރު މާބޮޑު އަޕްގްރޭޑެއް އައިސްފައެެއް ނުވެއެވެ. ހަގީގަތުގައި ކުރީގެ މޮޑެލްތަކާއި 14 ގެ މޮޑެލްއާއި ހުރި ހަމައެކަނި ތަފާތަކީ ތަންކޮޅެއް ހަލުވި ޗިޕަކާއި ސެޓެލައިޓް ކަނެކްޓިވިޓީއަކާއި އާ ކެމެރާ ފީޗާސްތަކާއި އައިފޯން މިނީގެ ބަދަލުގައި ޕްލަސް މޮޑެލް ނެރުމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އައިފޯން 14 މޮޑެލްތަކުގެ ތެރެއިން އެންމެ ބޮޑަށް ވިކެނީ އައިފޯން 14 ޕްރޯގެ މޮޑެލް އެވެ.  އެހެންވެ އުފައްދާވަރު އިތުރުކުރަން އަންގާފައިވަނީ ހަމައެކަނި އެ މޮޑެލް ކަމަށް ރިޕޯޓުތައް ބުނެެެ އެވެ. 

ތަފާސް ހިސާބުތަކުން ދައްކަނީ، މިހާރުވެސް އެންމެ ބޮޑަށް ވިކެނީ އައިފޯން 13 އާއި އައިފޯން 12 އިގެ ފޯންތައް ކަމަށެވެ. އެ ފޯންތަކަށް މަގުބޫލުކަން އިތުރުވެފައިވަނީ، އަގުހެޔޮވެފައި އައިފޯން 14 އާއި މާބޮޑު ތަފާތެއް އެފޯންތަކުގައި ނެތީމައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް