ads
ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ އަކީ ވައުދުވެ ގިނަ ވައުދު ނުފުއްދާ ޕާޓީއެއް: ރައީސް ޔާމީން
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަކީ، ދިވެހިންނަށް ގިނަ ވައުދުތަކެއްވެ އެ ވައުދުތައް ނުފުއްދާ ޕާޓީ އެއް ކަމަށް، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅު ވެއްޖެ އެވެ.
Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، އެމަނިކުފާނު މިހާރު ދ. ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، އެމްޑީޕީ އަކީ އަބަދުވެސް ވެރިކަމަށް އައުމަށް ގިނަ ވައުދުތަކެއް ވަމުން އަންނަ ބައެއް ކަމަށާއި، އެހެން ނަމަވެސް ވާ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް އެ ޕާޓީއިން ނުފުއްދާ ކަމަށެވެ. 

އަދި މި ސަރުކާރުން ދަނީ އެމަނިކުފާނުގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކުގެ "ރިބަން ފަށް ކަނޑަމުން" ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ގާތު ސަމާސާކޮށްލާފައި ބުނި ނިންމާފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކެއްގެ ރިބަންކަނޑާދޭން އެބަދެ އޭ. އެއީ ފޭސް ތިނެކޭ. އެހެން ވީމަ ފޭސް ތިނެއް މަސައްކަތޭ މި ސަރުކާރުން ކުރައްވަނީ. އޭގެ ތެރޭގައި އެއާޕޯޓް ޓާމިނަލް، ރަންވޭ، މިހެން ގޮސް ބައިވަރު ތަންތަނަކީ މި ބޭފުޅުންގެ ފޭސް ތިނެއްގެ މަސައްކަތް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި، އާމްދަނީ ހޯދަމުން ދިޔައީ، ޒުވާނުންގެ އަތުން ޕާކިން ސްޓިކާ ޖަހައިގެން ލިބޭ ލާރިން ކަމަށް އަދުގެ ސަރުކާރުގެ ވެރިން އޭރު ވިދާޅުވި ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން ޕާކު ކުރާނެ ތަނެއް ނުދައްކާ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ ވީ ވައުދު މަތިން ވެސް ހަނދާން ނެތިފައި ވާކަމަށެވެ. 

"ތިމަންނަމެން ސަރުކާރުން ތިމަންނަގެ ވައުދަކީ ޕާކްކުރާނެ ތަނެއް ނުދައްކައި ޕާކިން ޖޫރިމަނާއެއް ނުނަގާނަމޭ. އެހެންވީމަ މި 186 މިލިއަން  އައިސްގެން މި އުޅެނީ ޕާކްކުރާނެ ތަންތަން މަތިމައްޗަށް ފުރިގެން އެހާ ހިސާބުން ނަގާ ޖޫރިމަނާ މިއީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް