އީރާނުގައި ބުރުގާނާޅައި ރެސްޓޯރެންޓެއްގައި ކާން އިންދާ ހައްޔަރުކުރި ދުންޔާ(ކ)
އީރާން: ބުރުގާ ނާޅައި ރެސްޓޯރެންޓެއްގައި ކާންއިން އަންހެނަކު ހައްޔަރުކޮށްފި
Share
ބުރުގާ ނާޅައި އީރާންގެ ރެސްޓޯރެންޓެއްގައި ކާން އިން އަންހެނަކު ހައްޔަރު ކޮށްފިއެވެ.
Advertisement

ދުންޔާ ރާދް ނަމަކަށް ކިޔާ މީހާ، އީރާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރީ، އޭނާއާއި އިތުރު އަންހެނަކު، ބުރުގާނުލައި ތެހެރާންގެ ރެސްޓޯރަންޓެއްގައި ކާން ތިބި މަންޒަރު ފެންނަ ފޮޓޯއެއް އޮންލައިންކޮށް އާންމުވުމާ ގުޅިގެން ކަމަށް، އޭނާގެ އާއިލާއިން ހުކުރު ދުވަހު ވަނީ ބުނެފައެވެ.

ބުދަ ދުވަހު ސޯޝަލް މީޑިޔާގައި އާންމުވި މި ފޮޓޯއިން ފެންނަނީ ކެފޭއެއްގައި އެ ދެ އަންހެނުން ހެނދުނު ސައިބޯން ތިބި މަންޒަރެވެ.

ފޮޓޯގައި ހުރި ދެ އަންހެނުންގެ ތެރެއިން އެކެއް ކަމަށްވާ، ދުންޔާ ހައްޔަރު ކުރީ އެ ފޮޓޯ އޮންލައިންކޮށް އާންމު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. އޭނާގެ ކޮއްކޮއާ ބުނީ ސަލާމަތީ އޭޖެންސީތަކުން ދުންޔާއަށް ގުޅައި އޭނާ ހާޒިރު ކުރީ، އޭނާގެ އަމަލުތައް ހުރި ގޮތް ސާފުކުރުމަށް ކަމަށެވެ.

ދުންޔާގެ ކޮއްކޮ ބުނީ ދުންޔާ ހައްޔަރު ކުރުމަށް ކަނޑައަޅާފައިވާ ތަނަށް ހާޒިރު ކުރުމަށް ފަހު އޭނާ އެވިން ޖަލުގެ ވޯޑް 209 އަށް ވަނީ ބަދަލު ކޮށްފައި ކަމަށެވެ. އީރާނުގެ ވެރިރަށް ތެހެރާނުގެ އެވިން ޖަލަކީ ވަރަށް އަނިޔާވެރި ޖަލެކެވެ. އެ ޖަލު ހުންނަނީ އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބަލަހައްޓަމުންގެންދާ ގައިދީންނަށް ހާއްސަކޮށްފައިވާ ޖަލެއްގެ ގޮތުގައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ސަލާމަތީ ބާރުތަކުން އީރާނުގެ ނުފޫޒުގަދަ އެތައް ބަޔަކު ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ލިޔުންތެރިޔާ އަދި ޅެންވެރިޔާ މޯނާ ބޮރްޒޫއީއާއި، އީރާނުގެ ފުޓުބޯޅަ ކުޅުންތެރިޔާ ހުސެއިން މަހީނީއާއި، އީރާނުގެ ކުރީގެ ރައީސް އަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީގެ ދަރިކަނބަލުން ފައިޒާ ރަފްސަންޖާނީވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އެންޖީއޯއެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި މީހުން މުޒާހަރާ ކުރަނީ ކީއްވެގެންކަން ބުނެ އިހުސާސްތައް ފާޅުކޮށް އީރާނު މީހުން ޝެއާކުރި ޓުވީޓުތަކެއްގެ މައްޗަށް ބިނާކޮށް އީރާނުގެ ލަވަކިޔުންތެރިޔާ ޝޭރްވިން ހާޖީޕޫރު ހެދި ލަވައަކާ ގުޅިގެން އޭނާވެސް ވަނީ ހައްޔަރުކޮށްފަ އެވެ

43%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް