ads
އިންޑޮނޭޝިއާގެ ފުޓުބޯޅަ މެޗަށް ފަހު ހިނގި ހަމަނުޖެހުން
ފުޓުބޯޅަ މެޗަކަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އިންޑޮނޭޝިއާގެ ފުޓުބޯޅަ މެޗެއް ނިމުނު ފަހުން ސަޕޯޓަރުން ދަނޑައަށް އަރާ ހިންގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން މަރު ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ، އެ ގައުމުގެ ފުޓުބޯޅަ ލީގު، ބީއާރްއައި ލީގާ1 ގައި ރޭ ކުޅުނު މެޗަށް ފަހު އެވެ. މި ހަމަނުޖެހުން ހިނގީ މެޗުން ބަލިވި ޓީމުގެ ސަޕޯޓަރުން މެޗުގެ އޮފިޝަލުންނާ ދިމާލަށް ތަކެތި އުކަން ފެށުމުން ނެވެ. 

މެޗު ނިމުނުތަނާ ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ، ދަނޑަށް އަރާ ހަމަނުޖެހުން ހިންގާފަ އެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން އެތައް ބަޔަކު ވަނީ ފިތިފަ އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަގޭސް މީހުންގެ ތެރެއަށް ޖަހާފަ އެވެ. 

އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ކަރުނަ ގޭހުގެ އަސަރު ކޮށްގެނާއި، ފިތި ބާރުވެގެން 129 މީހަކު މަރުވެފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި 180 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 

ހަމަނުޖެހުން ހިންގި މީހުން ވަނީ ފުލުހުންގެ ވެހިކަލްތަކާއި ފުލުހުންގެ ބައެއް ސާމާނުގެ އިތުރުން ދަނޑުގައި ހުރި ތަކެއްޗަށް ގެއްލުން ދީފަ އެވެ. 

މިކަމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ މި ހާދިސާ ތަހުގީގު ކޮށް ނިމެންދެން އެގައުމުގެ ހުރިހާ ފުޓްބޯޅަ މެޗުތަކެއް ހުއްޓާލުމަށް އަންގާފަ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭ ދެ ފުލުހަކު ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް