ads
ވައްކަން ކުރި މީހާ
ދެ ނަމާދު ދޭތެރޭ ފިހާރައެއް ފަޅާލާ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
ދެ ނަމާދު ދޭތެރޭ ފަރީދީ މަގުގައި ހުރި ފިހާރައެއް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވައްކަން ކޮށްފައިވަނީ، ފަރީދީ މަގުގައި ހުންނަ އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ "ހޫރުލްއައީން" ފިހާރަ އިންނެވެ. 

ދައުރުވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ވަގަށް ވަން މީހާ ވަނީ، އެ ފިހާރައިގެ ތަޅަށް އެއްޗެއް ކޮއްޕުމަށްފަހު، ތަޅު ހަލާކު ކޮށްލާ ފިހާރަ ތެރެއަށް ވަދެފަ އެވެ. އަދި ފިހާރައަށް ވަދެ ކައުންޓަރުގައި އިންނަ ގޮނޑީގައި އިށީނދެ އެމީހާ ވަނީ ވައްގަނޑުގައި ހުރި ހުރިހާ ފައިސާއެއް ނަގައިގެން ގޮސްފަ އެވެ. 

އެ މީހާ އެ ފިހާރައަށް ވަދެފައިވަނީ، ރޭ ދެމަނަމާދު ދޭތެރޭ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

މި ކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަރީދީ މަގުގައި ހުރި ފިހާރަ އަކުން ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ރޭ 20:33 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ. 

އަދި މިކަމާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެމީހާ އެ ފިހާރައިން ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް އެ މީހާ ފިހާރައިގެ ވައްގަނޑުގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވަގަށް ގެންގޮސްފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް