ads
އެފްއޭގެ ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް
ޔޫވީ ކުޅުންތެރިންގެ މުސާރަ މައްސަލަ ހުށަހަޅާފައެއް ނެތް
ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސައިން ޖަވާޒް މިހެން ވިދާޅުވީ، ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ދެ ކުޅުންތެރިއަކަށް މުސާރަ ނުދީގެން އެ ކުޅުންތެރިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް މިއަދު ފެށިކަންތަކާ ގުޅިގެން އެފްއޭއެމުން އެއްވެސް ކަމެއް ކުރިތޯ އޮޅުން ފިލުވުމަށް ސުވާލު ކުރުމުންނެވެ. އެކަމާ ގުޅިގެން ޖަވާޒް ވިދާޅުވީ، ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ ކަންތައް ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންނަމަވެސް ކްލަބުން އެކަން ބެއްލެވި ކަމަށާއި އަންނަ ބުދަ ދުވަހު އެކަން ހައްލު ކުރެވޭނެ ކަމަށް ކްލަބުން ބުނި ކަމަށް ޖަވާ ވިދާޅުވިއެވެ.

ނިމުނު ފުޓްބޯޅަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ބޭރުގެ 2 ކުޅުންތެރިއަކަށް މުސާރަ ނުދީގެން އެންމެ ފަހުން ގަލޮޅު ދަނޑުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫވީގެ ޑިފެންޑަރު ސާބިއާގެ މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު ބެލަރޫސްގެ އީވާން ވެރަސް އަށް މިދިޔަ ހަތަރު މަހު ދޭން ޖެހޭ މުސާރަ ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް