ads
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ. - ފޮޓޯ/ރޮއިޓާސް
ލޫލާ ވެރިކަމުގެ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވައިފި
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި، ވާތުފިޔައިގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވެރިކަމުގެ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.
Advertisement

އޮކްޓޫބަރު 25 ގައި ބޭއްވި މި އިންތިހާބު ލޫލާ ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އެ ގައުމުގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓުންނެވެ.

ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ރޭގެ ނިޔަލަށް ވޯޓުގެ %73 ގުނާ ނިމުނުއިރު، އުމުރުން 80 އަހަރުގެ ލޫލާ ވަނީ ވޯޓުގެ %51 ހޯއްދަވާފަ އެވެ. އޭނާއާ ވާދަވެރި ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ %49 އެވެ. ޕޯލިން އެޖެންސީ 'ޑޭޓާފޯލާ' އިން ވެސް ވަނީ ލޫލާ އިންތިހާބު ކާމިޔާބުކުރެއްވިކަން އިއުލާންކޮށްފަ އެވެ.

މިއީ ލޫލާގެ ސިޔާސީ ހަޔާތުގައި ހޯއްދެވި ބޮޑު ކާމިޔާބީ އެކެވެ. މި ނަތީޖާއަކީ ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދޮށީ ދަރިކަލުން، އުމުރުން 45 އަހަރުގެ ސެނެޓަރު ފްލާވިއޯ، އެ އާއިލާ އަލުން ރިޔާސަތަށް ގެނައުމަށް ކުރި އުންމީދަށް އެޅުނު ހުރަހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް