
ކްރިމިނަލް ކޯޓުގެ މާދަމާގެ ޝެޑިއުލް މިހާރު އާއްމުކޮށްްފައިވާއިރު ކާނަލް ނަޝީދުގެ މައްސަލަ ބާއްވަން ކަނޑައަޅާފައިވަނީ ހެނދުނު 9:30 ގައެވެ. އެއް ޖިއްސުން ގުޅުން ހިންގުމުގެ އެހެން މައްސަލަތަކެކޭ އެއް ގޮތަށް މި މައްސަލަވެސް ކުރިއަށް ގެންދަން ކަނޑައަޅާފައި އޮތީ ސިއްރު ޝަރީއަތެއްގެ ގޮތުގައެވެ.
ކާނަލް ނަޝީދުގެ މައްޗަށް ދައުލަތުން ކުރަނީ، ބަންގްލަދޭޝް ފިރިހެނަކާ އެކު އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ. މީގެ ބައެއް މައްސަލަތައް މިހާރުވަނީ ހުކުމްވެސް ކޮށްފައެވެ. އަދި ބައެއް މީހުން ފިލައިގެންވެސް އެބައުޅެއެވެ.
މި ފަހުން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.