ads
މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލީހުގެ އޮޑިޓުގައިވެސް ސީރިއަސް މައްސަލަތަކެއް
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސީރިއަސް މައްސަލަތަކެއް، އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވައިފިއެވެ. އޮޑިޓަ ޖެނެރަލް ހުސެން ނިޔާޒީ ސޮއިކުރައްވާ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުއްވާފައިވަނީ އާދިއްތަ ދުވަހުއެވެ.

2020 ވަނަ އަހަރުގެ މަޖިލީހުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ދއުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓަރީ ތައްޔާރުކޮށްބަލަހައްޓާ ފައިނުވުމާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި އިމާރާތުގެ ވަށައިގެންވާ އެހެނިހެން ތަންތައް ހިމެނޭ ގޮތަށް ކުރަން ހުރި މަރާމާތުތަކާއި އެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދިހަ ވަރަކަށް މިލިއަން ރުފިޔާގެ އަގު ހުރި މަސައްކަތަކާ ގުޅޭ ކަންކަން ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރަން ޖެހޭ ކަންކަން ރިކަރަންޓް ހަރަދުގެ ކޯޑުން ކޮށްފައިވުމާއި ކުރީ އަހަރުގެ އޮޑިޓް ރިޕޯޓުތަކުގައި އިސްލާހު ކުރަން ލަފާދީފައިވާ ކަންކަން އިސްލާހުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓަ ޖެނެރަލްވަނީ މަޖިލީހުގެ އޮޑިޓުގައި ފާހަގަ ކުރެވުނު ކަންކަން އިސްލާހު ކުރުމަށް ލަފާ ދީފައެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް