ads
ކޮކާކޯލާ: ދުނިޔޭގެ އެންމެ ގިނަ ޕްލާސްޓިކް އުފައްދާ އެއް ކުންފުނި
ކޮކާކޯލާ ކޮޕް 27ގެ ސްޕޮންސަރަކަށް ހެދުމުން އެކްޓިވިސްޓުން ރުޅިގަދަވެއްޖެ!
ދުނިޔޭގެ މޫސުމާބެހޭ މަޝްވަރާ- ކޮޕް 27ގެ ސްޕޮންސަރެއްގެ ގޮތުގައި ޕްލާސްޓިކް އެންމެ ގިނައިން އުފައްދާ އެއް ކުންފުނި ކަމަށްވާ ކޮކާކޯލާ ކުންފުނި ހަމަޖެއްސުމާ ގުޅިގެން އެކްޓިވިސްޓުން ކަންބޮޑުވެއްޖެއެވެ.

މިފަހަރު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ މިސުރުން މިގޮތަށްޗ ނިންމުމުން ތިމާވެއްޓަށް ކެމްޕޭން ކުރާ ފަރާތްތަކުން  ބުނީ މި އެއްބަސްވުމުގެ ސަބަބުން މަޝްވަރާތަކަށް ހީނަރުކަން އަންނަ ކަމަށެވެ.

ކޮކާކޯލާއިން ބުނީ ކުނި ނައްތާލުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރާ ކަމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރާ ކަމަށެވެ.

މިއަހަރުގެ ކޮޕް27- އދ.ގެ މޫސުމާބެހޭ މަޝްވަރާތައް އޮންނާނީ ނޮވެމްބަރު މަހު މިސްރުގެ ޝަރްމުއް ޝެއިޚްގައެވެ.

މިސްރުން ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރިކަން އިއުލާނުކުރީ މިދިޔަ ހަފުތާގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮކާކޯލާ ގްލޯބަލްގެ ވައިސް ޕްރެޒިޑެންޓް، ޕަބްލިކް ޕޮލިސީ އެންޑް ސަސްޓެއިނަބިލިޓީ މައިކަލް ގޮލްޒްމަން ވިދާޅުވީ ކޮޕް27 ޕާޓްނަރޝިޕްގެ ޒަރިއްޔާއިން، ކޮކާކޯލާގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.

އެ ކުންފުނިން 2019 ވަނަ އަހަރު ތިން މިލިއަން ޓަނުގެ ޕްލާސްޓިކް ޕެކޭޖިން ބޭނުން ކުރިކަމަށް އިއުތިރާފް ވެއެވެ.

ދުނިޔޭގެ ޕްލާސްޓިކްގެ 99 އިންސައްތަ  އަކީ ފޮސިލް ފިއުލް އިން އުފައްދާ ޕްލާސްޓިކުތަކެވެ.

"ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކް"އިން ކޮށްފައިވާ  އޮޑިޓެއްގައި 2021 ވަނަ އަހަރު ތިމާވެށި ތަޣައްޔަރު ކުރާ އެންމެ ގިނަ ޕްލާސްޓިކް އުފައްދާ ކުންފުނީގެ ގޮތުގައި  ކޮކާކޯލާ ކުންފުނި ވަނީ ފާހަގަ ކޮށްފައެވެ.  

"އާތު އަޕްރައިޒިންއިންޓަރނޭޝަނަލް"ގެ މުހަންމަދު އަހްމަދީ ވިދާޅުވީ، ކޮޕް27 ގެ ރިޔާސަތުން މިނިންމި ނިންމުން މިކޮންފަރެންސްގެ މަގްސަދާ ހިލާފު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް