ads
ހިންމަފުށި ބަނދަރު
ބޮޑު ބަނދަރަކާއެކު ހިންމަފުށީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން
ކ. ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ (ދެވަނަ ފިޔަވަހި) ގެ މަސައްކަތް އެއްކޮށް ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
Advertisement

އެމްޓީސީސީއިން ބުނީ، މި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ، ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މި މަސައްކަތަކީ، ޕްލޭނިން މިނިސްޓްރީން 30.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. 

މި މަޝްރޫޢުގެ ދަށުން 19،895 ކިއުބިކް މީޓަރުގެ ސަރަޖައްދެއްގެ ބަނދަރު ފުންކުރުމާއި، 9،900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 15 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. 

މީގެ އިތުރުން މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އައު ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި ބަނދަރު ތަރައްގީ ކޮށް ބޭނުން ކުރަން ފެށުމާއި ގުޅިގެން "ސީއެންއެމް" އަށް މައުލުމާތު ދެމުން އެރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، ބަނަދަރުގެ ސަބަބުން ކުރިން ދިމާވި އެތައް ކަމެއް މިހާރު ފަސޭހަވެގެން ދާނެ ކަމަށާއި، ކުރިން ޖާގައިގެ ދަތިކަން ދިމާވި ނަމަވެސް މިހާރު އެކަމަށް ހެޔޮ ބަދަލެއް އައިސްފައި ވާކަމަށެވެ. 

އަދި މިއީ ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް ކުރިއަށް ގެންދާ ސިޔާސަތުގެ ހެޔޮ ނަތީޖާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މި ކަމާއި ގުޅިގެން އެމްޓީސީސީއިން ބުނީ، ރަށުގައި ކުރީގައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި، ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް ލިބިގެން ދިޔުމަކީ ރަށުގެ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. 

އަދި ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެންދިޔުމަކީ އިގްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ހިންމަފުށީ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫއުއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް