ads
ބީޓީއެސް
ބީޓީއެސް އަށް ލަވަކިޔުން މެދުކަނޑާލަން ޖެހިދާނެ
މަޝްހޫރު ކޭ ޕޮޕް ބޭންޑް ބީޓީއެސްގެ ބޭންޑު މެންބަރުންނަށް ދުވަސްކޮޅަކަށް ލަވަކިއުން ހުއްޓާލަން ޖެހިދާނެކަމަށް ބުނެ އެ ބޭންޑުގެ ފޭނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ބީޓީއެސް އަކީ ޔޫޓިއުބުގައި އެތައް ރެކޯޑެއް މުގުރާލާފައިވާ ބޭންޑެކެވެ. މި ބޭންޑަކީ ޒުވާނުންގެ ތެރޭގައި ވަރަށް ވެސް މަޝްހޫރު ބޭންޑެކެވެ. 

ދެކުނު ކޮރެއާގެ ގާނޫނު ބުނާގޮތުން އެ ގައުމުގައި ކުޅަދާނަކަން ހުރި ކޮންމެ މީހަކުވެސް 18 މަސް ދުވަހާ 21 މަސް ދުވަހާ ދެމެދުގެ މުއްދަކަށް އަސްކަރިއްޔާގައި މަސައްކަތް ކުރަންޖެހެއެވެ.  

ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަޕޯޓު ހޯދާފައިވާ ބޭންޑާ ގުޅޭގޮތުން އެ ގައުމުގެ ސިޔާސީ މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ބީޓީއެސް މެންބަރުން ވެސް މި ތަމްރީނުތައް ފުރިހަމަކުރުމަކީ އެދެވިގެން ވާކަމެއް ކަމަށް ކޮރެއާގެ މިލިޓަރީގެ ކޮމިޝަނަރު ކީސީ ވަނީ ދާދި ފަހުން ވިދާޅުވެފައެެވެ. އަދި މިފަދަ މޭރުމަކުން  އެގައުމުގެ ޑިފެންސް މިނިސްޓަރު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. 

ބީޓީއެސްއާއި މެދު ވަރަށް އަވަހަށް އަސްކަރިއްޔާއިން ގޮތެއް ނިންމާނެކަމަށް ވަނީ އަޑު ފެތުރިފައެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް