ads
އަމީތާބުގެ އުފަންދުވަހު ވަރަށް ހާއްސަ ހަދިޔާއެއް
އަމީތާބް ބަޗަންގެ އެންމެ ފަހުން ކުޅުނު ފިލްމު "ގްޑުބައި" ގެ ޓިކެޓް އޭނާގެ އުފަންދުވަހުގައި އެންމެ 80 ރުޕީސް އަށް ވިއްކަން ނިންމައިފިއެވެ.

ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ ސީނިއަރު އެއް ފަންނާނުކަމުގައިވާ އަމީތާބަށް 80 އަހަރު ފުރޭނީ އަންނަ އަންގާރަ ދުވަހުއެވެ.

މިއީ އަމީތާބްގެ ފިލްމެއްގެ ޓިކެޓު މިހާ ހެޔޮ އަގައި ވިއްކާ ފުރަތަމަ ފަހަރެވެ. މީގެ ބޭނުމަކީ އަމީތާބްގެ ފޭނުން ދޭ ތަރުހީބު ދައްކުވައި ދިނުމެވެ.

މީގެ ކުރިންވެސް އިންޑިއާގައި ވަނީ މިފަދަ އެކްސްޕެރިމަންޓެއް މި ނިމުނު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވެސް ހަދާފައެވެ. އެގޮތުން 70 ރުޕީސް އިން ފެށިގެން 150 ރުޕީޒް އާއި ދެމެދުގެ އަގަކަށް ޓިކެޓު ވިއްކުމުން ސިނަމާތައް އެދުވަހު ވަނީ ފުރިފައެވެ.

"ގުޑްބައި" ފިލްމު ނެރުނު ދުވަހު ވެސް އެ ފިލްމުގެ ޓިކެޓު ވަނީ 150 ރުޕީޒް އަށް ވިއްކާފައެވެ. މި އަގުގައި ވިއްކުމުންވެސް ސިނަމާތައް ވަނީ ތޮއްޖެހިފައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް