ads
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖުމެންޓާއި ބައްދަލުކުރައްވަނީ
ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހުމުގެ ކަންބޮޑުވުން
ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހޭ ޖެހުން ހައްލުކޮށްދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.
Advertisement

ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި، ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކަށް ފާހަގަކުރެއްވީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން މާލެ ފޮނުވަންޖެހުމެވެ. އަދި، ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާވެ އިތުރުވަމުންދާއިރު އެއާ އެއްވަރަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަ ކުރެެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕީޓަލުގެ ހިދުމަތްތައް ފުޅާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރުކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ސިއްހީ ހިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ކަމާއިގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވާނެކަމަށް ވިދާޅުވި އެވެ. އެގޮތުން ސީއެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފަދަ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ކަމާއިގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވާނެކަމަށް ވިދާޅުވި އެވެ. 

ނައިބު ރައީސް ފައިސަލް މިއަދު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާއި ބައްދަލުކުރައްވައި، ބައެއް ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އަދި، ހޮސްޕިޓަލް ވެސް ބައްލަވާލައްވާފައެވެ. 

މީގެ އިތުރުން އެ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތަށް ޒިޔާތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އުނގޫފާރު ރީޖަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި އިމާރާތުގައި އާ ހިދުމަތްތައް ގާއިމުކުރުމާއި، މިހާރު ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް