ads
އިމްތިޔާޒް އަދި ބަންޑާރަ ނާއިބް ރިފްއަތު
އިންތި ފާހަގަ ކުރެއްވީ އޭޖީގެ އުސޫލީ މައްސަލައެއް
މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ އިސްލާހުތައް ސަރުކާރުން ހުށަހަޅާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސީނިއާ ޕާލިމެންޓޭރިއަން އިމްތިޔާޒް ފަހުމީ، ދައުލަތުގެ ބަންޑާރަ ނާއިބަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ތިންވަނަ ދައުރަކަށް މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންނަވާ، އަދި ގާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ، ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތަށް ފާޑުވިދާޅުވީ، މިހާރު މަޖިލީހުގައި ބަހުސް ފެށިފައިވާ ފަނޑިޔާރުންގެ ގާނޫނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. މި ގާނޫނުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފެށުމުގެ ކުރިން ބަންޑާރަ ނާއިބުވަނީ އެ ބިލަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އިމްތިޔާޒް ވިދާޅުވީ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލް، އެޖެންޑާއަށް އައުމުގެ މަގުމަތީގައިވަނިކޮށްވެސް އެއަށް ސަރުކާރުން އިސްލާހު ހުށަހަޅާ ކަމަށެވެ. އަދި އެހެން ވުމުން ބިލަށް ތާއީދުކޮށް ވާހަކަ ދައްކާނީތޯ ނުވަތަ އަސްލު ބިލު އަންނަންދެން މަޑު ކުރާނީތޯ އިމްތިޔާޒް ސުވާލު އުފެއްދެވިއެވެ.

މިއީ އުސޫލީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު މި ފާހަގަ ކުރަނީ. މިހާރު ދެން ސަރުކާރުގެ ފަރާތުން މި ހުށަހެޅުއްވި ބިލަށް ތާއީދުކޮށް ވާހަކަ ދައްކާނީތޯ ނޫނިއްޔާ އަސްލު ބިލް އަންނަންދެން އިހަށް މަޑުކޮށްލާނީތޯ؟ ދެކޮޅަށް ދައްކާނީތޯ؟ އަޅުގަނޑު ދެކޭ ގޮތުގައި މި ފަދައިން ބިލްތައް ސަރުކާރުން ފޮނުވާއިރު ތަންކޮޅެއް ބޮޑަށް މަޝްވަރާކޮށްލައްވާފައި ފޮނުވީމާ މަޖިލީހަށް ފޮނުވުމަށް ފަހުގައި އެ މަޖިލީހުގެ އެޖެންޑާއަށް އައުމުގެ މަގުމަތީގައިވަނިކޮށް ދެވަނަ އިސްލާހެއް އޭނގެ ތެރެއަށް ފޮނުވާކަށް ނުޖެހޭނެ.

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މެދުވެރިކޮށް ފޮނުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ދެވަނަ ފަހަރަށް އިސްލާހު ފޮނުވާފައިވަނީ ފުރަތަމަ ފޮނުވި އިސްލާހުތަކަމަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުގެ ކުރިންނެވެ. 

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށްވެސް އިސްލާހުތައް ހުށަހަޅާފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންނެވެ.

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް