ads
އައިޝްވާރިޔާ، އަރާދިޔާ، އަދި އަމީތާބު
އަރާދިޔާ ރުޅިއައުމުން އަމީތާބު އެންމެ ގިނައިން ދޭ އެއްޗަކީ މިއީ
މަޝްހޫރު ބޮލީވުޑް އެކްޓަރު އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަރާދިޔާ ލިބުނީ 2011 ވަނަ އަހަރު އެވެ. އަރާދިޔާގެ ކުދިކުދި ކާމިޔާބުތަކަށް ދަންދެން އަމީތާބު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ.

އަމީތާބު ބުނިގޮތުން ކާފަ ދަރިފުޅު އަރާދިޔާ އޭނާއަށް ފެންނަނީ ވަރަށް މަދުން ނެވެ. އަދި އެކީގައި ވަގުތު ހޭދަކުރެވޭ މިންވަރު އެއަށްވުރެވެސް މަދެވެ.

އެގޮތަށް ދިމާވަނީ އަމީތާބުގެ މަސައްކަތުގެ ގޮތުންނާއި އަރާދިޔާގެ ސްކޫލު މަސައްކަތްތަކުގެ ގޮތުން ކަމަށް އަމީތާބު ބުންޏެެވެ. ހެނދުނު 07:00 ޖަހާއިރު ޝޫޓިންތަކަށް ނިކުންނައިރު، 08:30 ހާއިރު އަރާދިޔާ ސްކޫލަށް ދާކަމަށް އަމީތާބު ބުންޏެވެ. އަދި އަމީތާބަށް ގެއަށް އާދެވެނީ ރޭގަނޑު 10:00 ނުވަތަ 11:00 ޖަހާއިރު ކަމަށްވާއިރު އެހާއިރަށް އަރާދިޔާ ނިދާ ކަމަށް އަމީތާބު ބުންޏެވެ. ނަމަވެސް ހުސްވަގުތުތައް ލިބޭ ދުވަސްދުވަހު އަރާދިޔާ އެކީ ވަގުތު ހޭދަކުރާ ކަމަށް އޭނާ ބުންޏެވެ.

އަމީތާބު ބުނީ، އަރާދިޔާ ރުޅިއަންނަ ވަގުތުތަކުގައި ޗޮކްލެޓަކާއި ބޮލުގައި އަޅާ ބޭންޑެއް ދިނުމުން ހަމަޖެހޭނެ ކަމަށެވެ. އަރާދިޔާއަށް އެންމެ ރީތި ކުލައަކީ ފިޔާތޮށި ކުލަ ކަމަށްވުމުން، އެންމެ ގިނައިން ދެވެނީ ފިޔާތޮށިކުލައިގެ ބޭންޑު ކަމަށް ވެސް އަމީތާބު ބުންޏެވެ.

އަމީތާބު ބުނިގޮތުން އެންމެ ކުޑައިރުން ފެށިގެންވެސް އަރާދިޔާ ވައްތަރީ އޭނާގެ މަންމަ އައިޝްވާރިޔާ އާއެވެ.

އަބީޝޭކް އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ އަދި ދަރިފުޅު އަރާދިޔާ ދިރިއުޅެނީ އަބީޝޭކްގެ މައިބަފައިންގެ ގޭގައެެވެ. އެއީ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އާއި، ޖާޔާ ބައްޗަންގެ ޖަލްސާ ނަމަކަށް ކިޔާ ބަގްލޯގައެވެ. މި ބަގްލޯ ހުންނަނީ މުމްބާއީގެ ޖޫހޫގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް