އައްޑުއާ ދުބާއީއާ ދެމެދު އަލަށް ފަށާ ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ފްލައި ދުބާއީން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ޕްލޭން ކޮށްފައި އޮތީ ދުވާލު ފްލައިޓެއް އައްޑޫން ދުބާއީއަށް ބޭއްވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއާ ދުބާއީއާ ދެމެދު ފްލައި ދުބާއީ ފްލައިޓްގެ ޓިކެޓްގެ އަގަކީ އިކޮނޮމީ ކްލާސް ނަމަ 550 ޑޮލަރު އަދި ބިޒްނަސް ކްލާހުން 1600 ޑޮލަރެވެ. އެއީ ދެކޮޅު ޓިކެޓުގެ އަގެވެ.
އަންނަ އަހަރުން ފެށިގެން އައްޑުއާ ދުބާއީއާ ދެމެދު ފްލައި ދުބާއީގެ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާކަން އެ ކުންފުނިން އިއުލާން ކުރިއިރު، މާލޭން ދުބާއީއަށް ފްލައި ދުބާއީގެ ފްލައިޓްތައް އޮޕަރޭޓް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވާން ގާތް ވެއްޖެއެވެ.