ads
ނާޒިމް ސައްތާރު
ނާޒިމްގެ ނަމުގައި ސިމެއް ނަގައި 5 ބަގްލަދޭޝް މީހަކު ރެގިއުލަރައިޒް ކުރި މައްސަލައެއް
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ނަމުގައި ސިމެއް ނަގައި ފަސް ބަގްލަދޭޝް މީހަކު ރެގިއުލަރައިޒް ކުރި މައްސަލައެއް އޭނާގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ނާޒިމް ވިދާޅުވީ، އެކަން ކޮށްފައިވަނީ، އޭނާގެ ނަމުގައި ސިމްކާޑެއް ނަގައި އޭނާގެ އެކްސްޕެޓް އެކައުންޓަށް ވަދެ، އޭނާގެ ސޭވް ދަ ޑްރީމް މޯލްޑިވްސް(ރިހިވެލި) އެކައުންޓު ބޭނުންކޮށްގެން ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީ ނުވެ، މަސައްކަތް ކުރާ މަސައްކަތްތެރިން، ރަޖިސްޓްރީކޮށް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ހިންގާ ރެގިއުލަރައިޒް ޕްރޮގްރާމުގައި އެތައް ބިދޭސީންނެއް ވަނީ މިހާތަނަށް ރެގިއުލަރައިޒް ކޮށްފައެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ ރިހިވެލި އެކައުންޓު ބޭނުންކޮށްގެން ފަސް ބަގްލަދޭޝީއަކު ރެގިއުލަރައިޒް ކުރި ފަހުން އެކަން އެގިގެން މިހާރު އޭނާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެކަން ކުރީ ކާކު ކަމެއް ޓްރޭޑް މިނިސްޓްރީން ބުނެފައިނުވާ ކަމަށެވެ. 

ނާޒިމުގެ ނަމުގައި ސިމެއް ނަގައި ފަސް ބަގްލަދޭޝް ރައްޔިތަކު ރެގިއުލަރައިޒް ކުރި މައްސަލައެއް އޭނާގެ ފަރާތުން ފުލުހުންނަށް ހުށަހެޅިއިރު، މިވަގުތު އޭނާ ހުރީ ބަގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ސާބިތުވެ ތިން މަހުގެ ގޭބަންދެއްގައެވެ.

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ 34،000 ބަންގްލަދޭޝް މީހުން، އެމްނެސްޓީގެ ޕްރޮގްރާމެއްގެ ދަށުން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ވެސް ފަށާފައިވާކަން މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ ބަންގަދޭޝް ހައި ކޮމިޝަނުން ހާމަކުރި އެވެ.

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހަލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން 2019 ވަނަ އަހަރުތެރޭ ފެށި ޕްރޮގްރާމުގެ ދަށުން 42،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، 10،000 އެއްހާ ބިދޭސީންނަށް ވޯކް ޕާމިޓް ދީފަ ވެއެވެ.

46%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް